Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވާރޗުއަލް ޑްރީމް ޓު ޓްރެވެލް ފެސްޓިވަލް

ރާއްޖެއިން ޕާޓާގެ ވާރޗުއަލް "ޑްރީމް ޓު ޓްރެވެލް" ފެސްޓިވަލްގައި ބައިވެރިވެއްޖެ

25 ޖޫން 2020 | ބުރާސްފަތި 14:34

17 ޖުލައިއަށް މިފެސްޓިވަލް ކުރިއަށްދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2020 | ބުރާސްފަތި 14:34
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި

މިރާއްޖޭގެ ބޯޑަރު ޖުލައިމަހު ހުޅުވާލުމުގެ ތައްޔާރީތަކާ އެކު ރާއްޖެއިން ޕާޓާގެ ވާރޗުއަލް "ޑްރީމް ޓު ޓްރެވެލް" ފެސްޓިވަލްގައި ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ޕާޓާއިން މިމަހުގެ 22 އިން 17 ޖުލައި 2020 އަށް ކުރިއަށްގެންދާ އޮންލައިން ހަރަކާތް ޑްރީމް ޓު ޓްރެވެލް ފެސްޓިވަލް ގައި ބައިވެރިވެފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނީ 15 ޖުލައިގައި ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭއިރު މި ޕްލެޓްފޯމްގެ ޒަރިއްޔާއިން އޭޝިއާގެ ގައުމު ތަކަށް ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި ފެސްޓިވަލަކީ ތަޖުރިބާކާރު ބޭފުޅުންނާއި ބައްދަލުކޮށް، އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިކަން ދައްކުވައިދިނުމަށް ކުރިއަށްގެންދާ ޚާއްސަ ވާރޗުއަލް އިވެންޓެއް ކަމަށް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމްއެމްޕީއާރްސީން ބުނީ ރާއްޖޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ ޚަބަރުތަކާއި ހިތްގައިމު ވީޑިއޯތައް، އަދި ފަތުރުވެރިކަމާއި ގުޅޭ ކަންކަން ދައްކުވައިދިނުމަށް ޚާއްސަ ޑިޖިޓަލް ޝޯރޫމްއެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި މި އިވެންޓްގެ ބައިވެރިން ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން ކުޅިވަރުތަކެއް ރޭވި އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން މިކަމަށް ޙާއްސަކޮށްގެން ”ޑިސްކަވަރ މޯލްޑިވިސް... ދަ ސަނީ ސައިޑްއޮފް ލައިފް“ ގެ ނަމުގައި ކުއިޒެއް 26 ޖޫން ވާހުކުރު ދުވަހުގެ 13:00ން 13:30ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 16 ޖުލައިވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 ން ފެށިގެން އެއްގަޑިއިރުގެ ލައިވް ޝެޝަނެއް މިއިވެންޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމްއެމްޕީއާރްސީން ބުނީ މިސެޝަންގައި ރާއްޖޭގެ ޚާއްސަ ތަފާތު ހަރަކާތްތައް ދައްކާ، ރާއްޖެއަށް އަންނަން ބޭނުންވެފައިވާ ފަތުރުވެރިންނަށް އުންމީދުގެ މެސެޖުތަކެއް ފޯރުކޮށްދޭނެ ކަމަށެވެ.

ޑިޖިޓަލްކޮށް ރާއްޖެ މާކެޓްކުރުމުގެ މުހިންމުކަން އަލިއަޅުވާލައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވީދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުން ވެގެން ދާނީ ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް އުންމީދީ ޚަބަރަކަށް ކަމަށެވެ.

މި ޕްލެޓްފޯމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ޚަބަރުތައް ގެނެސްދޭއިރު މި ފަސްގަނޑަށް ފަތުރުވެރިން އައުމަށް ރާއްޖެ ތައްޔާރުވެފައިވާކަން ހާމަވެގެން ދާނެ ކަމަށެވެ. އަދި މި ފެސްޓިވަލްގެ ވެބްސައިޓް މެދުވެރިކޮށް ރާއްޖެ ތަމްސީލުކޮށްދޭ ތަފާތު ޚަރަކާތްތަކާއި އަދި އިތުރު މައުލޫމާތު ލިބިގެން ދާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2018

ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !

14 މާރިޗު 2018
ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !
19 ޑިސެމްބަރު 2017

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ
06 ނޮވެމްބަރު 2017

މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި

06 ނޮވެމްބަރު 2017
މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި
23 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް އެވޯޑުގެ ގާލާ އެޑިޝަންގެ ވޯޓުލުން ހުޅުވާލައިފި

23 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް އެވޯޑުގެ ގާލާ އެޑިޝަންގެ ވޯޓުލުން ހުޅުވާލައިފި
12 އޮކްޓޯބަރު 2017

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
10 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

10 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް