Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19ގެ އަސްލު ތަހުގީގު ކުރުން

ކޮވިޑްގެ އަސްލު ހަގީގަތް ހޯދުމުގެ މަސައްކަތުގެ ހުންގާނުގައި ޑަބްލިޔުއެޗްއޯ

ޗައިނާއަށް ދާނެ ޚާއްސަ ޓީމެއް ޑަބްލިޔުއެޗްއޯއިން ވަނީ އެކުލަވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2020 | ހޮނިހިރު 03:48
ވުހާން ސިޓީ، ބަލިން ރައްކާތެރިވުމަށް މާސްކް އުޅުން ވަނީ މަޖުބޫރުކޮށްފައި

ވުހާން ސިޓީ، ބަލިން ރައްކާތެރިވުމަށް މާސްކް އުޅުން ވަނީ މަޖުބޫރުކޮށްފައި

ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައިވާ ކޮވިޑް-19އަކީ މިފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ވައިރަސްއެވެ. މި ވައިރަސްއާ ބެހޭ ގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކި ގޮތްތަކަށް ތަފާތު ވާހަކަތައް ވެސް ދައްކަމުންދެއެވެ. މުޅި ދުނިޔެ އަޅުވެތިކޮށްފައިވާ މިކުޑަކުޑަ ވައިރަސްގެ ހަގީގަތް މިހާތަނަށް ހޯދިފައިނުވެއެވެ. އަދިވެސް މި ވައިރަސްގެ ހަގީގަތް ހޯދުމުގެ މަސައްކަތް ސައިންސްވެރިން ކުރަމުންދާއިރު، މިއީ ޗައިނާއިން ހަދާފައިވާ ވައިރަސްއެއް ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއްބާރުކަމުގައިވާ އެމެރިކާއިން ދަނީ ތަކުރާރުކޮށް ތުހުމަތުތައް ކުރަމުންނެވެ. މިފަދަ ބޮޑު ތުހުމަތުތަކާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މި މައްސަލަ މިހާތަނަށް ބަލާފައިނުވާތީ ބައެއް ފަރާތްތަކުގެ ފާޑު ކިޔުންވެސް އެ ޖަމިއްޔާއަށް އަމާޒުވެފައިވެއެވެ.

މީގެ އިތުރުން އެމެރިކާއިން ވަނީ ޗައިނާއިން ކޮވިޑްގެ އަސްލު ހަގީގަތް ހާމަ ނުކޮށް ސިއްރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ދެފުށް ފެންނަ ތަހުގީގެއް ކުރުމަށް ވެސް ޑަބްލިޔުއެޗްއޯއަށް ގޮވާލާފައެވެ. އަދި އެމެރިކާގެ ފިއްތުންތަކާއި ގުޅިގެން ޗައިނާއިން ވެސް ވަނީ ކޮވިޑްގެ އަސްލު ދެނެގަތުމުގެ ''ތަހުގީގުގެ ފޭސް 1'' ފަށާފައެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ކޮވިޑް-19ގެ މަސައްކަތްތައް ކުރަމުންދާއިރު، އެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން ކޮވިޑްގެ ހަގީގަތް ހޯދުމަށް ޚާއްސަ ޓީމެއް ޗައިނާއަށް ދާން ހަމެޖެހިފައިވާކަން މިހާރު ވަނީ ހާމަކޮށްފައެވެ. ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޚާއްސަ މިޝަންގައި ޗައިނާއަށް ޑަބްލިޔުއެޗްއޯގެ ފަރާތުން ދާ ޓީމްގައި އެކިއެކި ގައުމުތަކުގެ މީހުން ހިމެނޭނެއެވެ. މި ޓީމް ޗައިނާއަށް ދާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ޗައިނާއަށް ދާ ޓީމްގައި 12 އާއި 15 ދެމެދުގެ އަދަދަކަށް މީހުން ތިބޭނެއެވެ. އަދި މި ޓީމް ޗައިނާގެ ވޫހާންއަށް ގޮސް ޗައިނާގެ ޓީމްތަކުން އެއްކޮށްފައިވާ ވައިރަސްގެ އިންސާނުންގެ ސާމްޕަލްތަކާއި ޖަނަވާރުންގެ ސާމްޕަލްތަކުގެ އިތުރުން ކަމާ ގުޅުންހުރި އިތުރު ހެކިތައް ވެސް ބަލާ ތަހުގީގު ކުރާނެއެވެ. މި ޓީމްގައި ހިމެނޭ މެމްބަރެއް ކަމުގައިވާ ތިޔަރ ފިޗަރ ބުނެފައިވަނީ ޓީމްއަށް ޗައިނާގައި ހަރަކާތްތެރިވާން ލިބެނީ 6 ހަފްތާ ކަމަށެވެ. އޭގެ ތެރޭގައި ކަރަންޓީން ވާން ޖެހޭ ދެ ހަފްތާ ވެސް ހިމެނެއެވެ. މަސައްކަތްތަކާއި ބެހޭ ގޮތުން ފިޗަރ ބުނި ގޮތުގައި، ޗައިނާއިން ފޭސް 1 ގައި މަސައްކަތްތައް ނިންމާ ނަތީޖާ ހޯދާފައިވާނަމަ މަސައްކަތް ފަށަން ޖެހޭނީ ފޭސް 2 ންނެވެ.

ވައިރަސްގެ އަސްލު ދެނެގަތުމަށް ޗައިނާއިން ފަށާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު ތެރިކް ޖެޒްވޭލިކް ވިދާޅުވީ އެއީވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ޗައިނާއިން ފުރުމަށް ހަމަޖެހިފައިވާ ޓީމަށް އަލިއަޅުއްވާލައްވާ ޖެޒްވޭލިކް ވިދާޅުވީ މިހާރު ކުރަމުންދަނީ ފުރުމުގެ ކުރިން ކުރަން ޖެހިފައިވާ ލޮޖެސްޓިކް ކަންތައްތައްކަމަށާއި، އެކަންތައްތައް ނިމުނުހާ އަވަހަކަށް ފުރާނެކަމަށެވެ. އޭނާވެސް ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި ފުރޭނެކަމަށެވެ.

ޑަބްލިޔުއެޗްއޯގެ އެނިމަލް ހެލްތްގެ ސްޕެޝަލިސްޓެއް ކަމުގައިވާ ކީތް ހެމިލްޓަން ވިދާޅުވީ ކޮވިޑް-19 ވައިރަހާ ވައްތަރު ގޮތެއް ހުންނަ ވައިރަހެއް ވާލެއްގެ ހަށިގަނޑުން ފެނިފައިވާކަމަށާއި، އަދި ހަމަ އެ ވައިރަސް އެހެން ޖަނަވާރެއްގެ ގައިން ފެނިފައިވާކަމަަށެވެ. އޭގެ ފަހުން މި ވައިރަސް އިންސާނެއްގެ ގައިން ފެނިފައިވާއިރު،މިއީ ސީދާ ކޮވިޑް ނޫނަސް، އެ ވައިރަހާ ވަރަށް ވައްތަރު ބައެއް ސިފަތައް ހުރިކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯގެ އެނިމަލް ޑިސީސަސްގެ އެކްސްޕަރޓެއްގެ ކަމުގައިވާ ޕެޓަރ ބެން އެމްބެރަކް ވިދާޅުވީ ވުހާންގައި ފުރަތަމަ ބަލި ފެތުރިގެން ދިޔަ ޖަނަވާރުންގެ މާރުކޭޓްގައި މަސައްކަތް ކުރި މީހުންނާއި އިންޓަވިއު ކުރާނެކަމަށާއި، މިހާތަނަށް ލިބެން ހުރި މައުލޫމާތު ދައްކާ ގޮތުން ކޮވިޑް ވައިރަސްއަކީ ބަޔަކު އުފައްދާފައިވާ ވައިރަސްއެއް ކަމަށް ނުބެލެވޭކަމަށެވެ.

ޗައިނާއިން ދަނީ ކޮވިޑް-19އާ ގުޅިގެން އެމެރިކާއިން ކުރަމުންދާ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރަމުންނެވެ. އަދި ކޮވިޑް ވައިރަސް ޗައިނާއަށް އެތެރެވެފައިވަނީ ޗައިނާއިން ބޭރުން ކަމަށް އެ ގައުމުން ބުނެއެވެ. ވައިރަސް ތަހުގީގު ކުރަމުންދާ ސައެންސްވެރިންނާއި ހަވާލާދީ އެ ގައުމުގެ އޮފިޝަލުން ބުނެފައިވަނީ ވޫހާނުން ވައިރަސް ފެނުމުގެ ކުރިން ޗައިނާއަށް އެތެރެ ކުރި ފިނިކުރި ބައެއް ބާވަތްތަކުން ވައިރަސް ފެނިފައިވާކަމަށެވެ. ދިރާސާތައް ދައްކާ ގޮތުން މި ވައިރަސް 2019 ވަނަ އަހަރުގެ މެދުތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ދައުރުވެފައިވެއެވެ. ޗައިނާއިން އެންމެ ފުރަތަމަ އޭރު ގޮތް ނޭނގޭ ރޯގާއެއް ފެނިގެން ރިޕޯޓްކުރީ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ކޮވިޑް-19އާ ގުޅިގެން ތަފާތު ވާހަކަތައް ދައުރުވަމުންދާއިރު، މިހާރު ބަލީގެ އަސްލު ހޯދުމުގެ މަސައްކަތުގައި ހުންގާނުގައި ޑަބްލިޔުއެޗްއޯއިން މިވަނީ ހިފާފައެވެ. އަދި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ގައުމު ކަމަށްވާ އެމެރިކާއިން އުފައްދަމުންދާ ހުރިހާ ސުވާލުތަށް ޑަބްލިޔުއެޗްއޯއިން ޖަވާބު ހޯދައިދޭނެކަމުގެ ޔަގީންކަން އޮފިޝަލުން ދެއެވެ.

އެހެންނަމަވެސް ވައިރަހުގެ އަސްލު ދެނެގަތުމަށް ކުރަންޖެހޭ ތަހުގީގުތައް ފެށުމުގައި ޑަބްލިޔުއެޗްއޯއިން ވަގުތު ގެއްލުވާލާފައިވާކަމުގެ ފާޑުކިޔުންތަކުގެ އަޑު މުޅިން ފަނޑުވެގެންނެއް ނުދެއެވެ. ހަމައެހެންމެ ޑަބްލިޔުއެޗްއޯގެ ނިންމުންތަކަށް އޮތް ތައުރީފުގެ އަޑުތައްވެސް ފަނޑެކޭ ދެންނެވޭކަށް ނެތެވެ. މިހާރު އެންމެންވެސް އިންތިޒާރުކޮށްގެން ތިބީ މި ތަހުގީގު ނިމި، ހޯދުންތައް އާއްމުކުރާނެ ދުވަހަކަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު