Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ހިޔާނާތް / ކުރިކް ރިޒާ

ކުރިކް ރިޒާގެ އެދުމުގެ މަތިން މިއަދުގެ އަޑުއެހުންވެސް ކެންސަލް ކޮށްފި

މި ހަފްތާގެ އަންގާރަ ދުވަހުވެސް ކުރިކް ރިޒާގެ އަޑުއެހުންތައް ތާވަލް ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2020 | ބުރާސްފަތި 07:42
އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ކްރިކް ރިޒާ (ކ)

އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ކްރިކް ރިޒާ (ކ)

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ ފައިސާ އިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުވާ ލިބޭ ކުރިކް ރިޒާގެ އެދުމުގެ މަތިން ކަމަށެވެ. މިއީ މިހަފްތާގައި ކުރިކް ރިޒާގެ މައްޗަށް އުފުލާފައިވާ މިދެ ދައުވާ ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު ކެންސަލް ކުރި ދެވަނަ ދުވަހެވެ. މިދިޔަ އަންގާރަ ދުވަހުވެސް ވަނީ ކުރިކް ރިޒާގެ އަޑުއެހުންތައް ކެންސަލް ކޮށްފަ އެވެ.

Advertisement - newsAdvertisement

ކްރިކް ރިޒާގެ މައްޗަށް ދައުވާ ކޮށްފައިވާ ދެ ދައުވާއާ ގުޅިގެން މިދިއަ ނޮވެމްބަރު 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަށް އިންކާރު ކޮށްފަ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާއަށް ކުރިކް ރިޒާ އިންކާރުކޮށްފައިވާތީ، ދެން އޮންނާނީ މިމައްސަލައިން ދިފާއުވުމަށް ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމެވެ.

ކުރިކް ރިޒާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި ފައިސާ ރައީސް ޔާމީންއަށް ލިބުމުގައި މެދުވެރިވެ، ކުށްކޮށްގެން ހޯދާފައިވާ އެ ފައިސާ ކުރިކް ރިޒާގެ އަތުގައި ބަހައްޓާފައިވާތީއާއި، އަދި އެ ފައިސާގެ ތެރެއިން 232،885 ޑޮލަރު (ދެ ލައްކަ ތިރީސްދެހާސް އަށް ސަތޭކަ އަށްޑިހަ ފަސް ޑޮލަރު) ކުރިކް ރިޒާ ބޭނުންކޮށްފައިވާތީ، ކުރިކް ރިޒާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައި ދިނުމަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވެއެވެ.

ބޭންކް އޮފް ސިލޯނުގައިވާ ކުރިކް ރިޒާގެ އެކައުންޓެއް މެދުވެރިކޮށް، 1 ސެޕްޓެމްބަރު 2015 އާއި 9 ސެމްޓެމްބަރު 2015 ވަނަ ދުވަހު ދެ ޗެކެއް މެދުވެރިކޮށް ކޮންސަލްޓަންސީ ފީގެ ގޮތުގައި ބުނެ އޮޅުވާލައިގެން ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެއެވެ. އަދި އެފައިސާގެ ތެރެއިން 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ސިޔާމުގެ ކުންފުންޏެއް ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، އަދި ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުނެއެވެ. ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލަތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައި ވެއެވެ.

ކްރިކް ރިޒާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ރ. ފުއްގިރި ހިޔާނާތުގެ މައްސަލާގައި ދައުވާ ކޮށްފައިވަނީ ކުރިކް ރިޒާގެ އިތުރުން، ރައީސް ޔާމީނާއި ސަން ސިޔާމުގެ ދެ ކުންފުނީގެ މައްޗަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
ރޯދި ދޯނީގެ ފަސް މީހުން ކަނޑުމަތިން ފެނިއްޖެ

ރޯދި ދޯނީގެ ފަސް މީހުން ކަނޑުމަތިން ފެނިއްޖެ

01 ޖޫން 2017
އިތުރު މަސައްކަތެއް ނުކޮށް ކުނޫޒު ކުރިމަތިން ނެގި ގާތައް އަތުރަން ފަށައިފި

އިތުރު މަސައްކަތެއް ނުކޮށް ކުނޫޒު ކުރިމަތިން ނެގި ގާތައް އަތުރަން ފަށައިފި

09 އެޕްރީލު 2017
މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

28 މާރިޗު 2017
އެމްޑީޕީގެ އޮފީސް ކުރިމަތިން މީހަކު ހައްޔަރުކޮށްފި

އެމްޑީޕީގެ އޮފީސް ކުރިމަތިން މީހަކު ހައްޔަރުކޮށްފި

27 މާރިޗު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު