Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދޯނި ދިޔަވުން

ރޯދި ދޯނީގެ ފަސް މީހުން ކަނޑުމަތިން ފެނިއްޖެ

1 ޖޫން 2017 | ބުރާސްފަތި 14:29

މި ދޯންޏަށް އެހީތެރިވެދީފައިވަނީ "ފަޒާ" ނަމަކަށް ކިޔާ ދޯންޏަކުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 1 ޖޫން 2017 | ބުރާސްފަތި 14:29
އެމްއެންޑީއެފް ކޯސްޓްގާޑް

އެމްއެންޑީއެފް ކޯސްޓްގާޑް

ރޯދި ދޯނީގެ ފަސް މީހުން ކަނޑުމަތިން ފެނިގެން ލޯންޗަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯދި ދޯނި ކަނޑުވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 10:30 ހާ އިރު ކަމަށާއި މި ދޯނި ފެނިފައިވަނީ ފިޔާޅޮއްސާއި ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ދޯނީ މީހުން ފެނިފައި ވަނީ "ފަޒާ" ނަމަކަށް ކިޔާ ސްޕީޑް ލޯންޗަކަށް ކަމަށާއި "ރޯދި" ދޯނީގެ ފަސް މީހުން ފެނުނު އިރު އެންމެން ވެސް ތިބީ ލައިފް ޖެކެޓް އަޅައިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

Advertisement - newsAdvertisement

ރޯދި ދޯއްޏަކީ އދ. ދަންގެތީ، ލިލީގޭ، އިބްރާހިމް ހަސަންގެ ދޯންޏެވެ. އެދޯނީގެ ކެޕްޓަނަކީ ވެސް އޭނާއެވެ. އޭނާގެ އައިލާގެ މީހަކު މައުލޫމާތު ދިން ގޮތުގައި، އިބްރާހިމް ހަސަން އޭނާގެ އަނބިމީހަށް ގުޅުމަށް ފަހު ދޯނި ދިޔަވާކަމަށާއި ކަނޑުވަމުންދާކަމަށް ބުނެފައި ވަނީ، 10:00 ޖަހާ ކަން ހާއިރު އެވެ. އަދި މި މައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފަށް ދީފައިވަނީ އޭނާގެ އައިލާގެ މީހުންނެވެ.

"އަކިރިސް" ނަމަކަށް ކިޔާ ބޯޓެއް މާލެއިން ފުރައިގެން ވ. ކެޔޮދޫއަށް ދަތުރުކުރަމުން ދަނިކޮށް ކ. ގުރައިދޫ ކައިރިއަށް ދިޔަވާން ފެށުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ގިނަ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާ ކަަން ފާޙަގަކޮށްލެވެއެވެ. މިދުވަސްވަރު ދަތުރު ކުރާ ފަރާތްތަކުން ކަނޑުމަތީގައި އުޅޭ އިރު ދަތުރުފަތުރު ކުރުމުގެ ގަވައިދުތަކަށް ފުރިހަމައަށް ބޯލެބުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވަމުންދާ އިރު، މިދިޔަ އަންގާރަ ދުވަހު ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި އުޅަނދެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދަކާ ޖެހިގެން ހިނގި ހާދިސާގައި ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން މިހާރުވެސް އޭޑިކޭ ހޮސްޕިޓަލުގައި މި ހާދިސާގައި އަނިޔާވި، 11 މީހަކަށް ދަނީ ފަރުވާ ދެމުންނެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް