Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތާޅަފިލި އަލިބެ މާފަށް އެދިވަޑައިގަތުން

މައްސަލަތަކުގެ ތަފުސީލު ނުލިބުނު ނަމަވެސް އަލިބެ މާފަށް އެދިވަޑައިގެންފި

15 ޑިސެމްބަރު 2020 | އަންގާރަ 10:33

އަލިބެގެ މައްސަލައެއް ބެލީ ޓީޓީ އެސޯސިއޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޑިސެމްބަރު 2020 | އަންގާރަ 10:33
ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)

ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބެލި މައްސަލަތަކުގެ އިތުރު ތަފުސީލު ނުލިބުނު ނަމަވެސް ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) މާފަށް އެދިވަޑައިގެންފިއެވެ.

ޓީޓީ އެސޯސިއޭޝަނުން އަލިބެގެ މައްސަލައެއް ބެލީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އަސާސީ ގަވާއިދާ ޚިލާފަށް ޓީޓީ އެސޯސިއޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ. އެކަމަކު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އިންސާފުވެރި، ދެފުށް ފެންނަ އިންތިޚާބަކަށް ހައްދަވާދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެފަރާތްތަކުން އުޒުރުވެރިވެ، އެހުރިހާ ދޮރެއް ބަންދުވުމުން، އެ ފަރާތްތަކުން އިންސާފު ލިބޭނޭ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށް އަލިބެ ވަނީ ވިދާޅުވެފައެވެ.

އިންސާފު ހޯދުމަށް އަލިބެ ކުރިމަސައްކަތަކީ ކުށެއްކަމައް ނިންމައި މި މައްސަލައިގައި ޓީޓީ އެސޯސިއޭޝަނުން ވަނީ މިކަމަކީ އަލިބެގެ ފަރާތުން މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރު ކަމަށްވުމުން، ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ޓީޓީ އެސޯސިއޭޝަނަށް މާފަށް އެދި ލިޔުމުން ހުށަހެޅުމުން، ޓީޓީ އެސޯސިއޭޝަނުގެ އެހެން މެންބަރުންނެކޭ އެއްގޮތަށް، އެހިނދުން ފެށިގެން އެ އެސޯސިއޭޝަނުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވަސީލަތްތައް ބޭނުންކުރުމަކަށް ހުރަހެއް ނެތް ކަމަށްވެސް ވަނީ އަންގާފައެވެ.

އެއާއެކު އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު އަލިބެ ވަނީ ޓީޓީ އެސޯސިއޭޝަނުން ބެލި މައްސަލަތަކުގެ އިތުރު ތަފުސީލު ދިނުމަށް އެދިވަޑައިގެންފައެވެ. އެކަމަކު މިހާތަނަށްވެސް އެ މައްސަލަތަކުގެ ތަފުސީލު ޓީޓީ އެސޯސިއޭޝަނުން އަލިބެއަށް އަންގާފައި ނުވާއިރު، އަންގާރަ ދުވަހު ޓީޓީ އެސޯސިއޭޝަނަށް ފޮނުއްވި ސިޓީގައި އަލިބެ ވަނީ މާފަށް އެދިވަޑައިގެންފައެވެ.

އެ ސިޓީގައި އަލިބެ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ޓީޓީ އެސޯސިއޭޝަނުގެ އެއްވެސް ކުޅިވަރު ވަސީލަތެއް ބޭނުން ނުކުރެވޭ ގޮތަށާއި، އެ އެސޯސިއޭޝަނުން ހިންގަވާ އެއްވެސް ކުޅިވަރު ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރިއިރު، އެ އެސޯސިއޭޝަނުން ބެލި އެއްވެސް މައްސަލައެއްވެސް އަދި އޭނާ ކުރި ކުށްތަކެއްގެ ތަފުސީލުވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ޓީޓީ އެސޯސިއޭޝަނުން ކުށްތަކެއްގެ ތުހުމަތުކޮށް، އެ އެސޯސިއޭޝަނުން ނިންމުންތަކެއް ނިންމައި، ފިޔަވަޅު އަޅާވާފައިވަނީ އަދުލުއިންސާފުގެ އެންމެ އަސާސީ މިންގަނޑުތަކާވެސް ކަނޑައެޅިގެން ޚިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ޓީޓީ އެސޯސިއޭޝަނުން އޭނާގެ މައްޗަށް ފިޔަވަޅު އަޅާފައިވާއިރު، އޭނާ ކުރި ކުށްތަކަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ދައުލަތުގެ ކަމާ ބެހޭ އެކިއެކި މުއައްސަސާތަކުގައިވެސް އެދުނު ކަމަށާއި، އެކަމަކު އެ ކުށްތަކަކީ ކޮބައިކަން ސާފުކޮށްދެއްވަން ޓީޓީ އެސޯސިއޭޝަނުގެ އިތުރުން އެ ހުރިހާ މުއައްސަސާތަކެއްވެސް ނުކުޅެދިފައިވާ ކަމަށްވެސް އަލިބެގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

އަލިބެ އިތުރަށް ވިދާޅުވީ އެ ކުށްތަކަކީ ކޮބައިކަން ސާފުކޮށްނުދެއްވައި، އޭނާއަށް ދީފައިވާ އަދަބު ތަންފީޒުކުރަމުންދާތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، އެ މައުލޫމާތު ދިނުމުގެ ނިޔަތެއް ޓީޓީ އެސޯސިއޭޝަނުގައި ނެތްކަން ސާފުކޮށް އެނގޭތީ އާއެކު، ޓީޓީ އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި، އެ އެސޯސިއޭޝަނުގެ ވަސީލަތްތައް ބޭނުންކުރުމަށް އޮތް ހަމައެކަނި މަގަކީ، ޓީޓީ އެސޯސިއޭޝަނުން އެދިފައިވާ ގޮތުގެ މަތިން ޓީޓީ އެސޯސިއޭޝަނުގެ ކިބައިން މާފަށް އެދުން ކަމަށްވާތީ، އެ އެސޯސިއޭޝަނުގެ ކިބައިން މާފަށް އެދޭ ކަމަށްވެސް އަލިބެ ވަނީ ވިދާޅުވެފައެވެ.

ޓީޓީ އެސޯސިއޭޝަނުން އެޅި ފިޔަވަޅުތަކާ ގުޅިގެން އަލިބެ މާފަށް އެދިވަޑައިގެންނެވިއިރު، އަލިބެ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކުރިއެވެ. އެކަމަކު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ނިމިފައިވުމުން، އެ މައްސަލައިގެ މުއާލާތް ކެނޑިފައިވާ ކަމަށް ކޯޓުގައި ވިދާޅުވެ އަލިބެ ވަނީ އަމިއްލަފުޅަށް އެމައްސަލަ އަނބުރާ ކޯޓުން ނަންގަވާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2017

ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުމެއް ނުލިބުނު: އަންޗެލޯޓީ

05 ޑިސެމްބަރު 2017
ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުމެއް ނުލިބުނު: އަންޗެލޯޓީ
30 ނޮވެމްބަރު 2017

ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން އާސެނަލް މޮޅުވި ނަމަވެސް ޗެލްސީ އަތެއް ނުލެވުނު

30 ނޮވެމްބަރު 2017
ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން އާސެނަލް މޮޅުވި ނަމަވެސް ޗެލްސީ އަތެއް ނުލެވުނު
02 އޯގަސްޓު 2017

އައިއޭއޭއެފް އިން މައިޒާން އަލިބެގެ ހިދުމަތުގެ އަގުވަޒަންކޮށްފި

02 އޯގަސްޓު 2017
އައިއޭއޭއެފް އިން މައިޒާން އަލިބެގެ ހިދުމަތުގެ އަގުވަޒަންކޮށްފި
08 ޖުލައި 2017

ވިކްޓްރީ އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއު ޕްރެމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފި

08 ޖުލައި 2017
ވިކްޓްރީ އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއު ޕްރެމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފި
25 ޖޫން 2017

ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ

25 ޖޫން 2017
ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ
23 ޖޫން 2017

ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް

23 ޖޫން 2017
ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް
22 ޖޫން 2017

މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި

22 ޖޫން 2017
މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި
14 އެޕްރީލު 2017

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

14 އެޕްރީލު 2017
ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް