Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޭއޭއެފް

އައިއޭއޭއެފް އިން މައިޒާން އަލިބެގެ ހިދުމަތުގެ އަގުވަޒަންކޮށްފި

މިއީ އައިއޭއޭއެފް އިން ދިވެއްސެއްގެ ހިދުމަތުގެ އަގުވަޒަންކުރި ފުރަތަމަ ފަހަރު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 2 އޯގަސްޓު 2017 | ބުދަ 14:47
މައިޒާން އަލިބެ އަދި މުހަންމަދު ތޮލާލް

މައިޒާން އަލިބެ އަދި މުހަންމަދު ތޮލާލް

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް) އިން، އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް، މައިޒާން އަލިމަނިކު (މައިޒާން އަލިބެ) ގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ.

ލަނޑަންގައި އަންގާރަ ދުވަހުގެރޭ ކުރިއަށްދިޔަ އައިއޭއޭއެފްގެ ކޮންގްރެސްގައި، އެއިދާރާއިން ވަނީ އަލިބެއަށް، ވެޓެރެންސް ޕިން ހަވާލު ކޮށްދެއްވާފައެވެ. މިއީ ދިގު މުއްދަތަކަށް އެތްލެޓިކްސްއަށް ޚިދުމަތް ކޮށްދެއްވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެއިދާރާއިން ދޭ އެވޯޑެކެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ކުރިން ކުރެއްވި އަލިބެއަކީ، ރާއްޖޭގެ އެތެރެލްޓިކްސްއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އަލިބެއަކީ، ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ އެތްލެޓިކްސްއަކުން މެޑަލްއެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެތްލެޓިކްސް އިން ރާއްޖެއަށް މެޑަލްއެއް ހޯދުމަށް ދުރު ރާސްތާ ޕްލޭންއެއް އެންމެ ފުރަތަމަ އެކުލަވާލާފައިވަނީ އަލިބެއެވެ. އެގޮތުން 2007 ވަނަ އަހަރު، އަލިބެގެ ރައީސްކަމުގެ ދަށުގައި، ރާއްޖޭގެ ޒުވާން އެތްލެޓިކްސް ޓީމުން ވަނީ ސައުތް އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި މެޑަލްއެއް ހޯދާފައެވެ. މިއީ ރާއްޖެއަށް އެތްލެޓިކްސް އިން ފުރަތަމަ ފަހަރަށް ހޯދުނު މެޑަލްއެވެ.

އޭގެ ފަހުންވެސް އަލިބެގެ ދުރު ރާސްތާ ޕްލޭންގެ ދަށުން، 2010 ވަނަ އަހަރު ރާއްޖޭގެ ސްޕްރިންޓް ރިލޭ ޓީމުން ވަނީ ސައުތް އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދާފައެވެ.

އަންގާރަ ދުވަހުގެރޭ ލަންޑަންގައި މައިޒާން އަލިބެގެ ހިދުމަތުގެ އަގުވަޒަންކޮށްފައި ވާއިރު، މިއީ ދުނިޔޭގެ އެތްލެޓިކްސް މައި އިދާރާއިން ދިވެއްސެއްގެ ހިދުމަތުގެ އަގުވަޒަން ކުރި ފުރަތަމަ ފަހަރެވެ. މި ކޮންގްރެސްގައި ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަންގެ މިހާރުގެ ރައީސް މުހަންމަދު ތޮލާލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އައިއޭއޭއެފްގެ 51 ވަނަ ކޮންގްރެސްގައި 200 ގައުމަކުން 800 ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ކޮންގްރެސްއަށް ފަހު މިމަހުގެ 4-13 އަށް، މިއަހަރުގެ އައިއޭއޭއެފް ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕް ލަންޑަންގައި އޮންނާނެއެވެ. މިފަހަރުގެ މުބާރާތުގައި އެކު ގައުމުތަކުން 2000 އަށްވުރެ ގިނަ އެތްލީޓުން ވާދަކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަމަރޭ، ރިޒާ، ލޯޖެހި، ކުއީން ވަހީދު، މައްލާގެ އަގުވަޒަންކޮށްފި

ސަމަރޭ، ރިޒާ، ލޯޖެހި، ކުއީން ވަހީދު، މައްލާގެ އަގުވަޒަންކޮށްފި

17 މާރިޗު 2023
ގައުމީ ބޭންކުން ސާފް ސުޒުކީ ކަޕް އުފުލާލި ޓީމުގެ އަގުވަޒަންކޮށްފި

ގައުމީ ބޭންކުން ސާފް ސުޒުކީ ކަޕް އުފުލާލި ޓީމުގެ އަގުވަޒަންކޮށްފި

18 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު