Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން އާސެނަލް މޮޅުވި ނަމަވެސް ޗެލްސީ އަތެއް ނުލެވުނު

30 ނޮވެމްބަރު 2017 | ބުރާސްފަތި 08:41

ހަޑާސްފީލްޑް ޓައުންއާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 08:41
ލަނޑު ޖެހުމަށްފަހު އޮޒިލް އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު އޮޒިލް އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުން އާސެނަލް ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް އެ ޓީމަށް ޗެލްސީ ފަހަތަށް ޖައްސައެއް ނުލެވުނެވެ.

އަމިއްލަ ދަނޑުގައި ހަޑާސްފީލްޑް ޓައުންއާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އާސެނަލްގެ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި އާރޮން ރެމްސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ އެލެކްޒެންޑާ ލަކަޒެޓްއެވެ. މި ހާފުގައި އާސެނަލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އެންމެ ލަނޑެކެވެ. މި ހާފުގައި އެ ޓީމުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އާސެނަލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން އާސެނަލްގެ ދެވަނަ ލަނޑު މެސުޓް އޮޒިލްގެ އެހީތެރި ކަމާއެކު އޮލިވިއާ ޖިރޫ ޖަހައިދިން އިރު ތިންވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖަހައިދިނީ ޗިލީގެ ހުނަރުވެރި ފޯވާޑް އެލެކްސިސް ސަންޗޭޒްއެވެ. އޭނާ މި ލަނޑު ޖެހިތާ ތިން މިނެޓު ނުވަނީސް އޮޒިލް ވަނީ ލަނޑެއް ޖަހައިދީ އާސެނަލްގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. އާސެނަލްގެ ފަސްވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ޖިރޫއެވެ.

ޕްރިމިއާ ލީގުގެ ތާވަލުގައި އާސެނަލްއަށް ވުރެ މަތީގައި އޮތް ޗެލްސީ ވެސް ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. އެގޮތުން އަމިއްލަ ދަނޑުގައި ސްވަންސީ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. ޗެލްސީގެ ހަމައެކަނި ލަނޑު މި މެޗުގައި އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާއެވެ.

މި މޮޅާއެކު ޗެލްސީއިން ވަނީ އާސެނަލްއިން ތާވަލުގެ ކުރިޔަށް ޖެހެމަށް ކުރަމުންދާ މަސައްކަތްތަށް ނާކާމިޔާބު ކޮށްލާފައެވެ.

ބާންލީ ވެސް ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ބޯންމައުތް ބަލިކޮށް ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ. ބާންލީގެ ލަނޑުތައް ކްރިސް ވުޑްއާއި ރޮބާޓް ބްރޭޑީ ޖަހައިދިންއިރު ބޯންމައުތްގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯޝުއާ ކިންގްއެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 40 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި 32 ޕޮއިންޓާއެކު ޔުނައިޓެޑްއެވެ. ޗެލްސީއަށް 29 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު ހަތަރު ވަނަ އާސެނަލްއަށް ލިބެނީ 28 ޕޮއިންޓާއެކުއެވެ. އަދި ލިވަޕޫލްއަށް ފަސްވަނަ ލިބެނީ 26 ޕޮއިންޓާއެކެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް