Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީގެ 10 ވަނަ އަހަރީ ދުވަސް

ޑިމޮކްރަސީ ނިޒާމު ހިންގަން ތެދު ޙަޤީޤަތް ފޯރުކޮށްދިނުން މުހިއްމު، ރާއްޖެޓީވީން އެކަން ކުރި: ރައީސް

ރައީސް ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޑިސެމްބަރު 2020 | އަންގާރަ 08:05
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ރާއްޖެޓީވީއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން- ރައީސް ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ރާއްޖެޓީވީއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން- ރައީސް ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވާފައި

ފުރިހަމަ ޑިމޮކްރަސީ ނިޒާމެއް ހިންގުމަށްޓަކައި ތެދު ޙަޤީޤީ މައުލޫމާތު ފޯރުކޮށްދިނުން މުހިއްމު ކަމަށާއި، ރާއްޖެޓީވީން އެކަން ކުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެޓީވީގެ މެނޭޖްމަންޓާއި، ނޫސްވެރިންގެ އިތުރުން، ސްޓޭޝަންގެ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރަސީ ނިޒާމެއް ހިންގުމަށްޓަކައި ތެދު ޙަޤީޤަތް ނުހަނު މުހިއްމު ކަމަށާއި، އެކަމަށްޓަކައި ރާއްޖެޓީވީން ކުރި މަސައްކަތުން، ޑިމޮކްރަސީގެ ޅަފަތުގައި އެކަމަށް މަގުފަހިވެ، ޑިމޮކްރަސީ ވަރުގަދަވެގެން ދިޔަ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި ރާއްޖެޓީވީއަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ ނަމަވެސް، ރާއްޖެޓީވީން ގެންދިޔައީ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެޓީވީއަށް އަމާޒުކޮށް ޓެރަރިޒަމްގެ ބޮޑެތި އަމަލުތަކެއް ހިންގައި، ސްޓޭޝަންގެ ނޫސްވެރިންނަށް އެކި ގޮތްގޮތުން އަނިޔާއާއި ފިއްތުންތައް ކުރިމަތި ކުރުވަމުން ގެންދިޔައިރުވެސް، ސްޓޭޝަންގެ ޓްރާންސްމިޝަން މެދުކެނޑުމެއް ނެތި ވަނީ ގެނެސްދީފައެވެ.

ރައްޔިތުންނަށް ތެދު ޚަބަރު ފޯރުކޮށްދިނުމަށް ކުރަމުން ދިޔަ މަސައްކަތުގައި އެތައް ޖޫރިމަނާއަކާއި ގެއްލުންތަކެއްވެސް ސްޓޭޝަނަށް ލިބިފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެކަންކަމަށް އިންސާފު ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް، ރައީސް ސޯލިޙުގެ ސަރުކާރު އައުމަށްފަހު، ނޫސްވެރިންނަށް މިނިވަން ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގައިވެސް މިއަދު ޜާއްޖެ ވަނީ ނިސްބަތުން އެތައް ގުނައަކަށް ކުރިއަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
25 މާރިޗު 2017

ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް

25 މާރިޗު 2017
ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް
23 މާރިޗު 2017

ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި

23 މާރިޗު 2017
ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު