Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޫސުމީ ކުއްލި ޙާލަތު އިއުލާނު ކުރުން

ކްލައިމެޓް އިމަޖެންސީ އިއުލާންކުރުމަށް އދ. އިން ގައުމުތަކަށް ގޮވާލައިފި

ގައުމުތަކުން ވަނީ އެކި އަހަރުތަކަށް ބަހާލައިގެން ލަނޑުދަނޑިތަކެއް ކަނޑައަޅާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ޑިސެމްބަރު 2020 | އާދީއްތަ 00:15
އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

ޖަށްވަށް ގްރީން ހައުސް ގޭސް ބޭރުކުރާ މިންވަރު މަދުކުރުން އަވަސްކުރުމަށްޓަކައި ކްލައިމެޓް އިމަޖެންސީ އިއުލާން ކުރެއްވުމަށް ގައުމުތަކުގެ ލީޑަރުންނަށް އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ ކްލައިމެޓް އެމްބިޝަން ސަމިޓުގައި ގުޓަރޭސް ވަނީ، ކާބަން ނިއުޓްރަލް ގައުމަކަށް ވެވެންދެން ހުރިހާ ގައުމަކުންވެސް މިވަގުތަށް މޫސުމީ ކުއްލި ހާލަތު އިއުލާން ކުރުމަށް އެދިވަޑައިގެންފައެވެ.

މި ސަމިޓްގައި ގިނަ ގައުމުތަކަކުން ބައިވެރިވެފައިވާއިރު، ގައުމުތަކުން ވަނީ އެކި އަހަރުތަކަށް ބަހާލައިގެން ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ.

ކްލައިމެޓް އިމަޖެންސީ އިއުލާން ކުރުމަށް ގުޓަރޭސް ގޮވާލައްވާފައިވާއިރު އެންމެ ފަހުން ކްލައިމެޓް އިމަރޖެންސީ އިއުލާނުކޮށްފައިވަނީ ނިއުޒިލެންޑުންނެވެ.

މޫސުމީ ކުއްލި ޙާލަތު އިއުލާނު ކުރުމަށްފަހު ނިއުޒިލޭންޑުން ވަނީ 2025ށް އެ ޤައުމަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ނިންމާފައެވެ.

ނިއުޒިލޭންޑުގެ އިތުރުން، 32 ޤައުމަކުން މިހާތަނަށް ވަނީ މޫސުމީ ކުއްލި ޙާލަތު އިއުލާނު ކޮށްފައެވެ. އެގޮތުން މިހާތަނަށް ކުއްލި ޙާލަތު އިއުލާނު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޖަޕާން، ކެނެޑާ، ފްރާންސް، ޔޫކޭ ހިމެނެއެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2017

ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

28 ޖުލައި 2017
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
15 ޖުލައި 2017

ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި

15 ޖުލައި 2017
ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި
11 ޖޫން 2017

ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި

11 ޖޫން 2017
ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި
10 ޖޫން 2017

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު