Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން ކުރިއަރުވަން އެއްބަސްވުން

ބެޑްމިންޓަން ކުރިއަރުވަން ޕޮލިހާއި ރިވައިވަލް އެއްބަސްވުމަކަށް

12 ޑިސެމްބަރު 2020 | ހޮނިހިރު 12:04

މި އެއްބަސްވުމަކީ ތިން އަހަރުގެ މުއްދަތަށް ވެވުނު އެއްބަސްވުމެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޑިސެމްބަރު 2020 | ހޮނިހިރު 12:04
ޕޮލިހާއި ރިވައިވަލް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕޮލިހާއި ރިވައިވަލް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ސޯޝަލް މީޑިއާ

ބެޑްމިންޓަން ކުރިއެރުވުމުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭގޮތުން ޕޮލިސް ކުލަބާއި ރިވައިވަލް ސްޕޯޓްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބުދަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކުލަބުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ. އަދި ރިވައިވަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުލަބުގެ ރައީސް ޙުސައިން ޒަޔާން ޝަހީދު ޒަކީއެވެ.

ތިން އަހަރުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ބެޓްމިންޓަން ކުރިއެރުވުމުގައި ދެ ކުލަބު ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ޕޮލިސް ކުލަބުގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ކުޅުންތެރިންނާއި، ކޯޗުން އިތުރަށް ތަމްރީނުކުރުމުގައި ރިވައިވަލްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެޑްމިންޓަން ކުރިއަރުވައި، އިޖުތިމާއީ އެކި ހަރަކާތްތައް ދެ ކުލަބު ގުޅިގެން ހިންގުމުގެ އިތުރުން، ރާއްޖެ އާއި ބައިނަލްއަގުވާމީ އެކި މުބާރާތްތަކަށް ފަރިތަކޮށް، ކުޅުންތެރިން ތައްޔާރުކުރުމުގައި ދެ ކުލަބު ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ނައިބު ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދާއި، ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަލީ އިބްރާހީމާއި، ރިވައިވަލް ސްޕޯޓްސްގެ އިސް ބައެއް މެންބަރުންނާއި ޕޮލިސް ކުލަބުގެ ބެޑްމިންޓަން ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަގުސަދުގައި ރިވައިވަލް ސްޕޯޓްސް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިހާތަނަށް އެ ކުލަބުން ގިނަ ހަރަކާތްތަކެއް ހިންގާފައިވާއިރު، އެ ކުލަބްގެ ބައެއް ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުވެސް ކޮށްފައެވެ.

އެގޮތުން ރިވައިވަލްގެ ކާމިޔާބީތަކަށް ބަލާއިރު އެންމެ ފަހުން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި އެ ކުލަބުން ހޯދިއިރު، މިދިޔަ އަހަރުގެ ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގައި ފިރިހެން ޑަބަލްސް ބައިން ރިވައިވަލް ވަނީ ލޯ މެޑަލް ހޯދާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

11 ޖޫން 2017

ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފި

11 ޖޫން 2017
ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފި
10 ޖޫން 2017

މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް

10 ޖޫން 2017
މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް
09 ޖޫން 2017

މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

09 ޖޫން 2017
މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
04 ޖޫން 2017

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް
15 މެއި 2017

އޮފީސް މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް ޕޮލިހާއި ޔޫތު މިނިސްޓްރީ

15 މެއި 2017
އޮފީސް މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް ޕޮލިހާއި ޔޫތު މިނިސްޓްރީ
05 މެއި 2017

މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް

05 މެއި 2017
މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް