Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރާޓާ ޔުނައިޓެޑަށް

މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް

ޔުނައިޓެޑަށް މޮރާޓާ ބަދަލުވެއްޖެ ނަމަ އޭނާ ވެގެންދާނީ އެންމެ އަގުބޮޑު ކުޅުންތެރިޔާއަަށް

ލީވާން އަލީ
ލީވާން އަލީ | 10 ޖޫން 2017 | ހޮނިހިރު 17:16
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވާރާ މޮރާޓާ އާއި މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ސޮއިކުރާނީ އަންނަ ހޯމަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން މޮރާޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައިވަނީ 64 މިލިއަން ޕައުންޑަށް ކަމަށާއި، އެހެންނަމަވެސް ފުރަތަމަ ޔުނައިޓެޑުން ހުށަހެޅީ 60 މިލިއަން ޕައުންޑު ކަމަށެވެ. އެގޮތުން ޔުނައިޓެޑުން ހަތަރު މިލިއަން ޕައުންޑު އިތުރުކުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން ހުރިހާ ހަރަދުތަކާއެކު އުމުރުން 24 އަހަރުގެ މޮރާޓާގެ ޓްރާންސްފާ ފީ 73 މިލިއަން ޕައުންޑަށް އަރާނެ ކަމަށާއި، އެގޮތުން އޭނާ ވެގެންދާނީ ސްޕެއިންގެ ތާރީހުގައިވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް ކަމަށެވެ.

މޮރާޓާ ހޯދުމަށް ނަން މަޝްހޫރު ކްލަބްތަކުން މަސައްކަތްކުރާއިރު، ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވާތީ އޭނާ ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ރެއާލް މެޑްރިޑް ޔޫތް ޓީމުން ކެރިޔަރު ފެށި މޮރާޓާ އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގައި ހަތަރު ސީޒަން ހޭދަކޮށް ކުޅުނު 52 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޔުވަންޓަސް އަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި ދެ ސީޒަން ވަނީ ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 93 މެޗުގައި 31 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލިގުގެ ދެވަނަ ވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލް އަށް ބަދަލުވީ މި ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް މި ސީޒަނުގައި އެޓީމަށް ކުޅުނު 43 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު