Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެޑްމިންޓަން

ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައިފި

މޮރީޝަސް ކޮމާޝިއަލް ބޭންކާއި އެކު ބެޑްމިންޓަން އެސޯސިއޭޝަނުން ސޮއިކޮށްފައިވަނީ 1 އަހަރުގެ ކޮންޓްރެކްޓެއްގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 11 ޖޫން 2017 | އާދީއްތަ 14:03
މޮރީޝަސް ކޮމާޝިއަލް ބޭންކް ގައި ބޭއްވި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޮރީޝަސް ކޮމާޝިއަލް ބޭންކް ގައި ބޭއްވި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކަށް މޮރިޝަސް ކޮމާޝަލް ބޭންކް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު މޮރިޝަސް ކޮމާޝިއަލް ބޭންކްގައި ބޭއްވި ރަސްމިއްޔާތެއްގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނަޝީދެވެ. މޮރިޝަސް ކޮމާޝިއަލް ބޭންކް ގެ ފަރާތުން ސޮއެ ކުރެއްވީ އެ ބޭންކް ގެ މެނޭޖިން ޑިރެކްޓަ ގިލްސް މެރީ ޖީން އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހު، ގައުމީ ބެޑްމިންޓަން ޓީމުގެ ހަރަކާތްތަކާއި ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތް ތަކުގެ ބޭންކިން ޕާޓްނަރަކީ މޮރީޝަސް ކޮމާޝިއަލް ބޭންކެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު މޮރިޝަސްގައި ބާއްވާ "މޮރީޝަސް ބެޑްމިންޓަން ސީރީސްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ބޭންކިން ޕާޓްނަރަކީވެސް މޮރިޝަސް ކޮމާޝިއަލް ބޭންކެވެ.

އެއްބަސްވުމުގައި ސޮއެ ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނަޝީދް ވިދާޅުވީ، ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް މޮރިޝަސް ބޭންކުން ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބަން ރައްޖޭގައި ބެޑްމިންޓަން ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މޮރިޝަސް ބޭންކްގެ މެނޭޖިން ޑިރެކްޓަ ގިލްސް މެރީ ޖީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބެޑްމިންޓަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަމެއް ވެވިއްޖެކަމަށް އުއްމީދުކުރާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ރާއްޖެއިން ބެޑްމިންޓަންގައި ގިނަ ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހު މޮރިޝަސްގައި ބާއްވާ "މޮރީޝަސް ބެޑްމިންޓަން ސީރީސް"ގައި ރާއްޖެއިން ބައިވެރިވާ ނިންމާފައިވާ މައިގަނޑު އެއް ސަބަބަކީ، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލްއެއް ހޯދުމަށް ކުރާ މަސައްކަތެވެ. މުބާރާތުގައި ބައިވެރިވުމަށް ގައުމީ ޓީމު ހޯމަ ދުވަހު މޮރިޝަސް އަށް ފުރުމަށް ހަމަޖެހިފައި ވާއިރު، މުބާރާތުގައި 10 ކުޅުންތެރިއަކު ރާއްޖެ ތަމްސީލު ކުރާއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު