Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް ދަ ގްރާންޑޭގެ ތައްޔާރީތައް

އަމާޒަކީ މިދިޔަ ސީޒަނުގެ ޓާގެޓަށްވުރެ ރަނގަޅުކުރުން: އިންމަ

9 ޑިސެމްބަރު 2020 | ބުދަ 17:04

މިދިޔަ ސީޒަނުގައި ގަދަ ހަތަރަކަށް ވާސިލުވުމަށް ޓާގެޓެއް ކަނޑައެޅި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޑިސެމްބަރު 2020 | ބުދަ 17:04
ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)

މި ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ އަމާޒަކީ މިދިޔަ ސީޒަނަށް ކަނޑައެޅި ޓާގެޓަށްވުރެ ރަނގަޅު ހިސާބަކަށް ދިއުން ކަމަށް އެ ޓީމުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނެފިއެވެ.

ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭއާއެކު އިންމަ ރަނގަޅު މަސައްކަތްތަކެއް ކުރިއިރު، ސީޒަނާ އެޓީމުން ކުރިމަތިލީ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ލީގު ނިންމާލަން އަމާޒުހިފައިގެންނެވެ. ސީޒަނުގެ ކުރީކޮޅު ދަ ގްރާންޑޭއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މާލީ މައްސަލަތަކާ އެހެނިހެން ކަންތައްތަކުގެ ސަބަބުން އެ ޓީމަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެއާއެކުވެސް ދަ ގްރާންޑޭއިން މިދިޔަ ސީޒަން ނިންމާލީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮވެގެންނެވެ.

އަދި އެފްއޭ ކަޕްގައި ދަ ގްރާންޑޭ ކުޅުނު މެޗުން ފޯކައިދޫ އަތުން މޮޅުވެފައިވަނިކޮށް އެ މުބާރާތް ކެންސަލް ކުރިއެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމީ ކޮވިޑް-19 އާ ގުޅިގެން މާލޭގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ ބުނީ މިދިޔަ ސީޒަނުގައި ގަދަ ހަތަރަކަށް ވާސިލުވުމަށް ޓާގެޓެއް ކަނޑައެޅި ކަމަށާއި، އެކަން ހާސިލުނުވި ނަމަވެސް މި ސީޒަނުގައި ނުކުންނަނީ އެ ޓާގެޓަށްވުރެ ކުރިއަށްދިޔުމަށް ކަމަށެވެ. އަދި ދަ ގްރާންޑޭ ކަހަލަ އައު ޓީމަކަށް އެއީ އުނދަގޫ ޓާގެޓެއްކަން ގަބޫލުކުރާ ކަމަށާއި، އެކަމަކު އެ ޓާގެޓް ހާސިލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އިންމަ ބުންޏެވެ.

އައު ސީޒަނަށް ދަ ގްރާންޑޭއިން ކުރިމަތިލާއިރު، އެ ޓީމުގެ ސްކޮޑަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެކަމަކު މިދިޔަ ސީޒަނުގައި ދަ ގްރާންޑޭއަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ކުލަބު ވެލެންސިއާއަށް ސޮއިކުރިއިރު، ދަ ގްރާންޑޭއިން ވަނީ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ޖަޒްލާނުގެ ސޮއި ހޯދާފައެވެ. އަދި އައު ސީޒަނަށް ދަ ގްރާންޑޭއިން ވަނީ ބިދޭސީ ތިން ކުޅުންތެރިއަކު ގެނެސްފައެވެ.

އިންމަ ބުނީ ލީގު ފެށެން ގާތްވެފައިވާއިރު، އެ ޓީމަށް ގެނައި ބިދޭސީ ތިން ކުޅުންތެރިން އަދި ތިބީ ކަރަންޓީނުގައި ކަމަށާއި، އެކަމަކު ވަރަށް އަވަހަށް ކަރަންޓީނު ނިމި އެ ކުޅުންތެރިން ފަރިތަކުރުންތަކަށް ނުކުންނާނެ ކަމަށެވެ. އެކަމަކު ބިދޭސީ ކުޅުންތެރިން ނުލައި ޕްރީ-ސީޒަން ކުރިއަށް ގެންދަން ޖެހުމުން އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް އިންމަ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، ދަ ގްރާންޑޭ ކުޅޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

27 މެއި 2017

ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ

27 މެއި 2017
ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ
02 މެއި 2017

ބަދަލު ހިފުމަށް ވުރެ ބޮޑަށް އަމާޒަކީ މޮޅެއް: ސިމިއޯނީ

02 މެއި 2017
ބަދަލު ހިފުމަށް ވުރެ ބޮޑަށް އަމާޒަކީ މޮޅެއް: ސިމިއޯނީ
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް