Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓީނު ވާންޖެހޭ އިރު އަމަލު ކުރަންވާ އުސޫލު

ދިހަ މީހުނަށް ވުރެ ގިނަ މީހުން އެއްތަނެއްގައި ކަރަންޓީނު ވާންޖެހޭ އިރު އަމަލު ކުރަންވާ އުސޫލުތަށް ހާމަކޮށްފި

އެންމެން އެއްގަޑިއެއްގައި އެއްތަނެއްގައި ތިބެގެން ކެއުން އެދެވިގެން ނުވޭ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2020 | އަންގާރަ 13:08
އެއަރޕޯޓަށް މީހުން ފުރަން ގޮސްފައި

އެއަރޕޯޓަށް މީހުން ފުރަން ގޮސްފައި

ދިހަ މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވެ ތިބުމަށް ހަމަޖައްސައިގެން ފުރަބަންދު ކަރަންޓީނަށް ދާނަމަ، އަދި ކަރަންޓީނު ވެގެން ތިބޭނީ ގިނަ މީހުން އެއްކޮށް އެއް ކޮޓަރިއެއްގައި ނަމަ އަމަލު ކުރަންވީގޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަ ކުރިގޮތުގައި ކަރަންޓީނުގެ މުއްދަތުގައި އެއްކޮށް ކަރަންޓީނުވެފައި (އެއީ ބެރެކްސް، ޑޯރމިޓަރީ ނުވަތަ ކޮޓަރީގައި) ތިބޭ މީހުން އެހެންމީހުންނާ ބައްދަލުކޮށްގެން ނުވާނެ ކަމަށާއި ރައްކާތެރިކަމާއެކު ޒަރޫރީ ބޭނުމަށް ބޭނުންވާ ތަކެއްޗާއި ކެއިން ބުއިމަށް ބޭނުންވާ ތަކެތި ޑެލިވަރ ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ގިނަ މީހުން އެކުގައި ފުރަބަންދު ކަރަންޓީނަށް ދާ މީހުންގެ މެދުގައި ކޮވިޑް-19 ފެތުރިގެން ދިއުން ކުޑަކުރުމަށްޓަކައި، ރާއްޖެއިންބޭރުން އަންނަ މީހުން ނުވަތަ ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރާއްޖޭގެ ރަށަކުން، ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް، 10 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވާން ދާނަމަ އެއްކޮށް ތިބުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްއެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އެންމެން އެއްގަޑިއެއްގައި އެއްތަނެއްގައި ތިބެގެން ކެއުން އެދެވިގެން ނުވާކަމަށާއި، އެނދުތައް ބަހައްޓާފައި ހުންނަންވާނީ ދެ އެނދުގެ ދެމެދުގައި މަދުވެގެން 3 ފޫޓުގެ ދުރުމިނުގައި ކަމަށް ހާމަކޮށްފައިވެއެވެ. އަދި ކަރަންޓީނުގައި އެއްކޮށްތިބޭ ކުޑަ ގްރޫޕަކަށް ފެންވެރޭގޮތަށް ވަކިން ފާޚާނާއެއް (މަދުވެގެން ކޮންމެ 10 މީހަކަށް 1 ފާޚާނާ) ހުންނަން ވާނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މީގެ އިތުރުން ކަރަންޓީނުވާން ގެންދާ މީހުންނާއި ހަވާލުވާނެ ސުޕަރވައިޒަރެއް ނުވަތަ ބެލެނިވެރި ފަރާތެއް ހުންނަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ކަރަންޓީނުވާން ކަނޑައަޅާފައިވާ ތަނަކީ އެޗް.ޕީ.އޭގެ މިންގަނޑުތަކާ އެއްގޮތަށް ހުރިތަނެއްތޯ ބަލާ ޗެކް ކުރަންވާނެ ކަމަށާއި ކަރަންޓީނުވެ ތިބޭއިރު، މަދު މީހުން އެއްތަނެއްގައި ތިބޭގޮތަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ސަމާލުކަން ދޭންވާނެ ކަމަށް ބުނެފައިވެއެވެ.

ހޯމް ކަރަންޓީނަށް ދެވޭނީ މެޑިކަލް އެމަރޖެންސީއެއްގައި ޑޮކްޓަރަށް ދައްކަން މާލެ އައުމާއި ގުޅިގެން، މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހުމާއި ގުޅިގެން، ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދިޔުން، ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެން ނުވަތަ ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހުމުންނެވެ.

އެއް ތަނެއްގައި ދިހަ މީހުނަށް ވުރެ ގިނަ މީހުން ކަރަންޓީނުވެ ތިބެވެ ގޮތަށް ބަދަލު ގެނެސްފައި ވާއިރު ދާދި ފަހުން ވަނީ ކަރަންޓީނުވެ ތިބެން ޖެހެ މުއްދަތުވެސް ކުޑަކޮށްފައެވެ. އެގޮތުން އެކި މަޝްރޫއުތަކާ ގުޅިގެން 5 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ދާ މީހުން ފިޔަވައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަސް ކަމަށް ކަނޑައަޅައި އެކަން އިއުލާން ކޮށްފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު