Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އިސްލާހު ގެނައުން

ކުޑަކުއްޖެއް ކުރާ ކުށަކަށް އަދަބު ކަނޑައަޅާނީ އަދަބުގެ ތިންބައިކުޅަ ދެބައިކަމަށް ބަދަލުކޮށްފި

މިބިލް ފާސްކޮށްފައިވަނީ 56 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2020 | އަންގާރަ 11:37
ޖުވެނައިލް ކޯޓު

ޖުވެނައިލް ކޯޓު

ކުޑަކުއްޖަކު ކުރާ ކުށަކާއި ގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ އެ ކުށަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބުގެ ތިންބައިކުޅަ ދެބައި ކަމަށް ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އިސްލާހު ގެނެސްފި އެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ މިބިލް ދިރާސާކޮށްފައިވަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ. ކޮމިޓީ ގެނައި އިސްލާހުތަކާއި ތަޅުމުން ގެނައި އިސްލާހުތަކާއެކު މިބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މަޖިލީހުން މިބިލް ފާސްކޮށްފައިވާ ގޮތަށް ބަލާއިރު ކުޑަކުއްޖަކީ ކުރިންވެސް ކުށެއް ސާބިތުވެފައިވާ ކުއްޖެއްނަމަ އެކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަބޮޑުމިނާއި ކުއްޖާގެ ކުށުގެ ރިކޯޑަށާއި ވަށައިގެންވާ އެންމެހާ ހާލަތްތަކަށް ކުއްޖާގެ އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓް ރިޢާއަތްކުރުމަށްފަހު ކުއްޖާގެ މައްޗަށް ބަޔާންކުރާ އަދަދު އެ ކުށަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބުގެ ފުރިހަމަ މިންވަރު ކަނޑައެޅުމުގެ އިޚުތިޔާރު ގާޟީ އަށް ލިބިގެންވެ އެވެ.

އަދި ކުށަކަށް ދެވޭ އެންމެ ކުޑަ އަދަދު ޤާނޫނުގައި ކަނޑައެޅިފައިނުވާނަމަ، އެކުއްޖެއްގެ މައްޗަށް ކަނޑައަޅަންވާނީ އެކުށަކަށް ކަނޑައަޅާފައިވާ އަދަބެއްގެ ތިން ބައިކުޅަ ދެ ބައަށްވުރެ ބޮޑުނުވާ އަދަދެކެވެ. އެފަދައިން އަދަބު ކަނޑައެޅުމުގައި އެ ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަ ބޮޑުމިނާއި ކުއްޖާގެ ކުށުގެ ރިކޯޑާއި ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި ކުއްޖާގެ އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓަށް ރިޢާޔަތްކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ކުއްޖާގެ އިޖުތުމާއީ ހާލަތު ވަޒަންކުރާ ރިޕޯޓް ހިއްސާކުރަންވާނީ ކުއްޖާ އާއި އޭނާގެ ބެލެނިވެރިންނާއި ކުއްޖާގެ މައްސަލަ ބަލާ ކޯޓު އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސްކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން އުމުރުން 18 އަހަރުވުމަށްފަހު އުމުރުން 18 އަހަރު ވުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން މައްސަލައެއް ތަހުގީގުކުރަންވާނީ އަދި މައްސަލައަކާއި ގުޅިގެން ކުއްޖަކާ ސުވާލުކުރަންވާނީ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތުގެ ހާޒިރުގައި ކަމަށްވެސް ބިލްގައި ބުނެއެވެ. އަދި އެއިން ފަރާތެއް ހާޒިރުވެވެން ނެތް ހާލަތްތަކުގައި ޑިޕާޓުމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ކަމާބެހޭ އޮފިސަރެއްގެ ހާޒިރުގައި ސުވާލުކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން އަތޮޅު ތެރެއިން ހުށަހަޅާ ޖުވެނައިލް ކޯޓިގެ އިޚުތިޞާޞް އާ ގުޅުންހުރި މައްސަލަތައް ކުރިޔަށް ގެންދާނީ ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންނާއި ޖުވެނައިލް ކޯޓުގެ ކަމާބެހޭ ހުޅުންހުރި މުވައްޒަފުން އަތޮޅުތަކަށް ހާޒިރުވެގެންކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިއިސްލާހުތައް ބިލަށް ގެނެސްފައިވަނީ ކުޑަކުދިންގެ އަދަލުގެ ޤާނޫނަކީ ރުޖޫއީ އިންސާފުގެ އަސާސްތަކާއި އެއްގޮތަށް ކުޑަކުދިންގެ މަސްލަހަތު އެންމެ އިސްކޮށްގެން ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢުއަށް ރުޖޫޢަ ކޮށްދިނުމަށްޓަކައި އެމަގްސަދުގައި ހަދާފައިވާ ޤާނޫނަކަށް ވާއިރު ކޮވިޑް-19 އާއި ގުޅިގެން ޤާނޫނުގައި ތަސައްވުރުކުރި ވަރަށް ގިނަ ކަންކަން ބަދަލުވެފައިވާތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހެއް ގެނެސްފި

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހެއް ގެނެސްފި

26 އޮކްޓޯބަރު 2017
ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗެއް ހެރުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ

ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗެއް ހެރުމުން ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ

12 އޮކްޓޯބަރު 2017
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި

އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި

11 އޮކްޓޯބަރު 2017
ރައީސް ނަޝީދު ހިފާ ހައްޔަރުކޮށް މަރުގެ އަދަބު ދޭން ސްޕޯޓްސް ކޮމިޝަނަރު ގޮވާލައްވައިފި

ރައީސް ނަޝީދު ހިފާ ހައްޔަރުކޮށް މަރުގެ އަދަބު ދޭން ސްޕޯޓްސް ކޮމިޝަނަރު ގޮވާލައްވައިފި

27 އޯގަސްޓު 2017
ފުލުހުންނަށް ފުރައްސާރަކުރާ ފަރާތްތަކަށް އަދަބު ލިބެންޖެހޭ: އަޒްލީން

ފުލުހުންނަށް ފުރައްސާރަކުރާ ފަރާތްތަކަށް އަދަބު ލިބެންޖެހޭ: އަޒްލީން

23 ޖުލައި 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު