Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއްދަތު ހަމަވެފައިވާ އައިޑީ ކާޑް

އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައިގަންނާނީ މިމަހު 31 ގެ ނިޔަލަށް

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ ގޮތް ހެދީ ކޮވިޑާއި ގުޅިގެން

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 7 ޑިސެމްބަރު 2020 | ހޯމަ 20:34
ޑީއެންއާރުގައި އައިޑީ ކާޑު ހައްދަން ބަޔަކު ކިއުގައި ޖެހިގެން

ޑީއެންއާރުގައި އައިޑީ ކާޑު ހައްދަން ބަޔަކު ކިއުގައި ޖެހިގެން

ރާއްޖޭގެ އެއަރޕޯޓުތަކުގައި ސެކިއުރިޓީންގެ ގޮތުގައި ތިބޭ އޭވިއޭޝަން ސެކިރިޓީ އޮފިސަރުން، އެތެރޭގެ އުދުހުންތަކުގައި ދަތުރުވެރިންގެ މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައިގަންނަމުންދާނެ ކަމަށް ބުނެފިއެވެ.

އޭވިއޭޝަން ސެކިރިޓީ ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުން މިދާ ދުވަސްވަރުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ގައިޑްލައިންތަކުގައި ވާގޮތަށް އެއަރޕޯޓްގެ ސެކިއިރިޓީ ޕޮއިންޓްތަކުން މުއްދަތު ހަމަވެފައިވާ ދިވެހިންގެ އައިޑީކާޑުތައް ވެރިފިކޭޝަންގެ ގޮތުގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މިގޮތަށް އަމަލު ކުރަމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައެޅީ ޖޫން މަހުގެ ނިޔަލަށެވެ. އަދި އެފަހުން އެއްމަސް ދުވަހުގެ މުއްދަތެއް އިތުރު ކުރުމަށްފަހު ޖުލައިން މަހުގެ ނިޔަލަށް ތާރީހު ބަދަލު ކުރިއެވެ. އަދި އޭގެ ފަހުން އޮގަސްޓު މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރި ނަމަވެސް ބަލިމަޑުކަން ކޮންޓްރޯލް ނުވާތީ މި އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް އެ މުއްދަތު މިވަނީ އަނެއްކާވެސް އިތުރުކޮށްފައެވެ.

މިގޮތަށް މުއްދަތު އިތުރުކޮށް އިޢުލާން ކުރެވުނު ކަމުގައި ވިޔަސް، އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅޭނެ ކަމަަށް ޑީއެންއާރުން ބުނެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

31 މާރިޗު 2017
ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު