Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުން

ޖުމްލަ 28 ޖަލްސާ ބާއްވާ 15 ބިލެއް ފާސްކުރުމަށްފަހު މަޖިލިސް ދެ މަސްދުވަހުގެ ޗުއްޓީއަކަށް

ރިޔާސަތުން ހުށަހަޅާފައިވާ 8 މައްސަލައަކާއި ސަރުކާރުން ހުށަހަޅާފައިވާ 8 މައްސަލައެއް ނިންމި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޑިސެމްބަރު 2020 | ހޯމަ 17:25
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި 28 ޖަލްސާ އެއް ބޭއްވުމަށްފަހު ދައުރު ނިންމާލާ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ގޮސްފިއެވެ.

ހޯމަ ދުވަހު މިއަހަރުގެ ފަހު ޖަލްސާ ބާއްވާފައިވާއިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މިދައުރުގައި މަޖިލީހުން ކުރި މުހިންމު މަސައްކަތްތަކާއި ހާސިލްކުރެވުނު ނަތީޖާތައް ހާމަކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

މިދައުރުގައި މަޖިލީހުން ނިންމާފައިވާ މަސައްކަތްތަކަކީ:

15 ބިލެއް

ރިޔާސަތުން ހުށަހަޅާފައިވާ 8 މައްސަލަ

ސަރުކާރުން ހުށަހަޅާފައިވާ 8 މައްސަލަ

އެހެނިހެން 14 ކަމެއް

ވަޒީރުންނާއި 17 ސުވާލު ކުރެއްވި

އީވާ ވިދާޅުވީ މިދައުރުގައި މަޖިލީހުން މުހިންމު ބިލްތަކެއް ފާސްކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ތައުލީމުގެ ބިލާއި ފުލުހުންގެ ޚިދުމަތުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ގެނައި އިސްލާހުގެ ބިލް ފާހަގަކުރެވޭ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އިންތިގާލީ އިންސާފުގެ ބިލްވެސް އެއީ މިދައުރުގައި ކުރެވުނު މުހިންމު މަސައްކަތެއްކަމަށް އީވާ ވިދާޅުވިއެވެ. އަދި މިދައުރުގައި ދައުލަތުގެ ބަޖެޓް ފާސްކޮށްފައިވާކަން ވެސް އީވާ ފާހަގަކުރެއްވި އެވެ.

އީވާ ވިދާޅުވީ މިދައުރު ކޮމިޓީތަކުން އިސްކަމެއްދީގެން ކޮށްފައިވަނީ ކޮރަޕްޝަނާއި ގުޅުންހުރި ކަންކަންކަމަށެވެ.

އީވާ ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުން ކުރި މަސައްކަތްވެސް ފާހަގަކުރައްވާފައެވެ.

ދައުރުގެ ފަހު ޖަލްސާ ހޯމަ ދުވަހު ބާއްވާފައިވާއިރު ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު