Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

އިންސާފު ލިބުން ލަސްވާކަމަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

16 މެމްބަރުން ވަނީ މިމައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޑިސެމްބަރު 2020 | އާދީއްތަ 13:12
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް

އިންސާފުލިބުން ލަސްވަމުންދާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ ތަހުޤީޤުކުރުމާއި ޝަރުޢީ ނިޒާމުގެތެރެއަށް ނުފޫޒުފޯރުވުމެއްނެތި އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ އިންސާފުގާއިމުކުރުމަށް އަވަސް ގޮތްތަކެއް ހޯދައިދީ އިންސާފު ގާއިމުކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި އެވެ.

އާދަމް ޝަރީފް މިމައްސަލަ ހުށަހެޅުއްވީ އާދިއްތަ ދުވަހުގެ ހަވީރު ކުރިޔަށްދާ ޖަލްސާއަށެވެ. މަޖިލީހުގެ ގަވާއިދުގެ 179 މާއްދާގެ ދަށުން ހުށަހެޅުއްވި މިމައްސަލަ ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 16 މެމްބަރުން ވަނީ މިމައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. މިމައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 36 މެމްބަރުން ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެމްބަރުން ތިއްބެވި އެވެ.

Advertisement - newsAdvertisement

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ޢަދުލު އިންޞާފު ޤާއިމުކުރުމަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީން އިންތިހާއަށް ބާރުއަޅާ ކަމެއް ކަމަށެވެ. އަދި އިންޞާފު ޤާއިމުކޮށް، ޙައްޤުތައް ރައްކާތެރި ކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމުކުރާ އަދި ދީމިޤްރާތީ ވެރިކަމެއްގެ އެންމެ މުހިންމު އުންސުރުކަމު ޤަބޫލުކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން އިންޞާފު ލަސްވުމަކީ އިންޞާފު ނުލިބުން ކަމަށް ގިނަ މުފައްކިރުން ދެކޭކަމަށް ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންޞާފު ލިބުން ލަސްވުމާއި، އެކަމުގެ ސަބަބުން ރައީސް ޔާމީނަށް ނުޙައްޤު އަނިޔާތައް ލިބުމާއި އަދި އެމަނިކުފާނުގެ ޙައްޤުތައް ގެއްލެމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އަދި ނުހަނު އަނިޔާވެރި ގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގެ މުޙައްމަދު އަނަސް އާއި ޑރ. އަފްރާޝީމް ޢަލީ އާއި ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ރިޟްވާން ޢަބްދުﷲ ގެ މަރުގެ މައްސަލަ ފަދަ އެތައް މައްސަލައަކަށް އިންޞާފު ނުލިބި ލަސްވަމުން ދާކަމަށްވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އިންޞާފު ލިބޭނެކަމުގެ ޔަޤީންކަމެއް ނެތި، އެތައް ޢާއިލާތަކެއް މާޔޫސްވެ، އުއްމީދުގެއްލި، އަދި އެ ޢާއިލާތަކުގެ ޙައްޤުތައް ގެއްލެމުންދާކަމަށް އާދަމް ޝަރީފް ވަނީ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު