Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅިވަރު ތަރައްގީކުރުން

ކުޅިވަރުގެ ރޮނގުން ކާމިޔާބީއަށް އުއްމީދު ކުރަންވާނީ ވަސީލަތްތައް ތަރައްގީކޮށްދީ ކުޅުންތެރިން އުފައްދައިގެން: ރައީސް

6 ޑިސެމްބަރު 2020 | އާދީއްތަ 13:17

އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދެއްވަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޑިސެމްބަރު 2020 | އާދީއްތަ 13:17
ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ

ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ

ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބީއަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްޤީކޮށްދީ ކުޅުންތެރިން އުފައްދައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްޤީކޮށްދީ، ކުޅުންތެރިން އުފައްދައިގެން ކަމަށާއި، އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދެއްވައިގެން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ވެރިކަމާ ޙަވާލުވެވަޑައިގެންނެވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދެވުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނުންފުޅު ބަހައްޓަވައިގެން ކަމަށެވެ.

މީގެ އިތުރުން ބެލެނިވެރިން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، އެ ބޭފުޅުންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް، ކުޅިވަރާބެހޭ ވަޒީރުގެ ހައިސިއްޔަތުން، މިނިސްޓަރ މަޚްލޫފް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ހުރިހާ ޒުވާނުންނާއި، ކުޅުންތެރިންގެ ނަމުގައިއެ މިނިސްޓަރަށް ޝުކުރު ދެންނެވި އެވެ.

ރައީސް ވަނީ ޒުވާން ކުޅުންތެރިންނަށާއި، އެ ކުޅުންތެރިންގެ ބެލެނިވެރިންނަށް، ސަރުކާރުން ތަރައްޤީކުރާ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފަ އެވެ.

އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ރީތި ނަން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ، ރަނގަޅު އަޚްލާޤެއްގެ މަތީގައި ސާބިތުވެހުރުންކަން ޤަބޫލުކޮށް، ކޮންމެ ކުޅުންތެރިއަކީވެސް، ދީނީގޮތުންނާއި އަޚްލާޤީގޮތުން ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވުމަށް ރައީސް ގޮވާލެއްވި އެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2017

ރައްޔިތުންގެ އުއްމީދު ހާސިލްކޮށް ނުދެއްވޭހާ ހިނދަކު ރައީސް ނަޝީދުގެ މަސައްކަތް ހުއްޓައެއް ނުލައްވާނެ: ޝިފާޒް

11 ނޮވެމްބަރު 2017
ރައްޔިތުންގެ އުއްމީދު ހާސިލްކޮށް ނުދެއްވޭހާ ހިނދަކު ރައީސް ނަޝީދުގެ މަސައްކަތް ހުއްޓައެއް ނުލައްވާނެ: ޝިފާޒް
05 ނޮވެމްބަރު 2017

ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު ފަރާތްތައް ތިބީ އުއްމީދު ގެއްލިފައި:ޝިފާ

05 ނޮވެމްބަރު 2017
ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު ފަރާތްތައް ތިބީ އުއްމީދު ގެއްލިފައި:ޝިފާ
25 އޮކްޓޯބަރު 2017

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު: ރައީސް

25 އޮކްޓޯބަރު 2017
އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު: ރައީސް
09 ޖުލައި 2017

އަދުލުވެރިކަމާއެކު ޝަރީއަތްތައް ހިނގާނެކަމުގެ އުއްމީދު ލިބިއްޖެ:އަބްދުﷲ ރިޔާޒް

09 ޖުލައި 2017
އަދުލުވެރިކަމާއެކު ޝަރީއަތްތައް ހިނގާނެކަމުގެ އުއްމީދު ލިބިއްޖެ:އަބްދުﷲ ރިޔާޒް
01 ޖުލައި 2017

ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް

01 ޖުލައި 2017
ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް
28 ޖޫން 2017

އެލްޖީއޭގެ ބޯޑުން ކައުންސިލްތަކަށް ދުއްތުރާ ނުކުރާނެ ކަމަށް އުއްމީދު ކުރަން: ޝަމާއު

28 ޖޫން 2017
އެލްޖީއޭގެ ބޯޑުން ކައުންސިލްތަކަށް ދުއްތުރާ ނުކުރާނެ ކަމަށް އުއްމީދު ކުރަން: ޝަމާއު
01 ޖޫން 2017

އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް

01 ޖޫން 2017
އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް
25 އެޕްރީލު 2017

ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ

25 އެޕްރީލު 2017
ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް