Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޢަބްދުﷲ ރިޔާޒް

އަދުލުވެރިކަމާއެކު ޝަރީއަތްތައް ހިނގާނެކަމުގެ އުއްމީދު ލިބިއްޖެ:އަބްދުﷲ ރިޔާޒް

ސަރުކާރުން ދިފާނެ އަދަބަކަށް ބިރުން ތިބި މީހުނަށްވެސް މިއީ ރަނގަޅު ހުކުމެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 9 ޖުލައި 2017 | އާދީއްތަ 10:18
އަބްދުﷲ ރިޔާޒް

އަބްދުﷲ ރިޔާޒް

ރާއްޖޭގެ ކޯޓުތަކުގައި އިންސާފުވެރިކަމާއެކު ޝަރީއަތްތައް ހިނގާނެ ކަމުގެ އުއްމީދެއް ލިބިގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިހެން ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް އުފުލި ޖިނާއީ ދައުވާ ސާބިތުނުވާކަމަށް ނިންމުމާއި ގުޅިގެން މީޑިޔާ ތަކާ ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރިޔާޒް ވިދާޅުވީ އޭނާ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުންތައް ދިޔައީ ވަރަށް އަދުލުވެރިކަމާއެކު ކަމަށެވެ. އެގޮތުން ވާހަކަ ދެއްކެވުމަށް އެކަށީގެންވާ ފުރުސަތު ޝަރީއަތުގެ މަޖިލީހުން ދެއްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން ތުހްމަތު ކުރި، ސަރުކާރުގެ ނުފޫޒު އޮވެގެން، ސިޔާސީ ގޮތުން ހަރަކާތްތެރިވާ ފަރާތް ހައްޔަކުރުމުގެ މަސައްކަތް ކުރާ ކަމަށް، އެ ފަދަ ކަންކަން މީގެ ކުރީގެ ޝަރީއަތްތަކުގައި އެބަހުރި ހިނގާފައި. އަޅުގަނޑުގެ މައްސަލާގައި ވަރަށް ރަނގަޅަށް ތިން ފަނޑިޔާރުންގެ ބެންޗުންގެ އިއްތިފާގުން ނިންމަވާފައި މި ވަނީ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި މަސައްކަތް ކުރާ އެކި ފަރާތްތައް ކުށްވެރިންގޮތުގައި ކަނޑައެޅުމަށް ސަރުކާރުން އަދިވެސް މަސައްކަތް ކޮށްފާނެ ކަމަށާއި އެކަމަށް ހުށިއާރުވެ ތިބުމަށް އޭނާ ގޮވާލެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު ފަރާތްތައް ތިބީ އުއްމީދު ގެއްލިފައި:ޝިފާ

ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު ފަރާތްތައް ތިބީ އުއްމީދު ގެއްލިފައި:ޝިފާ

05 ނޮވެމްބަރު 2017
އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު: ރައީސް

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު: ރައީސް

25 އޮކްޓޯބަރު 2017
އަނިޔާވެރިގޮތަށް ޝަރީއަތްތައް ނުކުރުމަށް ޑރ. މަޖީދު ގޮވާލައްވައިފި

އަނިޔާވެރިގޮތަށް ޝަރީއަތްތައް ނުކުރުމަށް ޑރ. މަޖީދު ގޮވާލައްވައިފި

25 އޯގަސްޓު 2017
ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް

ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް

01 ޖުލައި 2017
އެލްޖީއޭގެ ބޯޑުން ކައުންސިލްތަކަށް ދުއްތުރާ ނުކުރާނެ ކަމަށް އުއްމީދު ކުރަން: ޝަމާއު

އެލްޖީއޭގެ ބޯޑުން ކައުންސިލްތަކަށް ދުއްތުރާ ނުކުރާނެ ކަމަށް އުއްމީދު ކުރަން: ޝަމާއު

28 ޖޫން 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު