Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު ފަރާތްތައް ތިބީ އުއްމީދު ގެއްލިފައި:ޝިފާ

5 ނޮވެމްބަރު 2017 | އާދީއްތަ 00:04

ފްލެޓް ވިއްކަނީ އަގުބޮޑުކޮށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 ނޮވެމްބަރު 2017 | އާދީއްތަ 00:04
މާލޭ މޭޔަރ ސިފާ: ފްލެޓް ތަކުގެ މައްސަލައިގައި ކަންބޮޑުވޭ

މާލޭ މޭޔަރ ސިފާ: ފްލެޓް ތަކުގެ މައްސަލައިގައި ކަންބޮޑުވޭ

ފްލެޓް ލިބޭނޭ ކަމުގެ ލިޔުން ލިބުނު ފަރާތްތައް ތިބީ މާ ހާލުގައި ކަމަށާއި އެމީހުންނަށް މިހާރު ފްލެޓް ލިބޭނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ހުޅުމާލެއިން ދޫކުރި 661 ފްލެޓްގެ މައްސަލައަށްވުރެވެސް ބޮޑު މައްސަލައެއް އެބައޮތް ކަމަށާއި ފްލެޓް ލިބޭނޭ ކަމަށް ހައުސިންގ މިނިސްޓަރ ސޮއިކޮށް ލިޔުން ދީފައި އޮތް ނަމަވެސް އެމީހުންނަށް ފްލެޓް ލިބޭނޭ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ގާކޮށްޓާއި ކުރީގެ އަރަބިއްޔާހުރި ބިމުގައި އަޅާފައިވާ ފްލެޓްތަކަށް އިޝާރާތް ކުރައްވާ ޝިފާ ވިދާޅުވީ އެ ދެ ތަނުން ފްލެޓް ލިބޭނޭ ކަމަށް ކަނޑައަޅާފައިވާ މީހުންނަކީ މާލޭގައި ބޯހިޔާވަހިކަމުގެ ހާލަތު އެންމެ ދަށް މީހުން ކަމަށާއި އެމީހުން ވަނީ ފްލެޓް ހޯދުމަށް އެމީހުންގެ ކުދި ބިންކޮޅުތައް ދޫކޮށްލާފައި ކަމަށެވެ. އެހެންނަމަވެސް އެމީހުން ތިބީ އަދިވެސް ވާނުވާ ނޭނގިފައި ކަމަށް ޝިފާ ވިދާޅުވި އެވެ.

"ޓާޓާއިން އަޅާފައިވާ ފްލެޓްތައް ލިބޭނޭ ކަމުގެ ޔަޤީންކަން ދެއްވައި، ހައުސިންގ މިނިސްޓަރ ސޮއިކުރައްވާ ދެއްވި ގަނޑުކޮޅެއް އެމީހުން އަތުގައި އެބައޮތް. އެހެންނަމަވެސް އެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބި ތިއްބައި އެބޭފުޅުންނަށް އަދިވެސް ގޮތެއް ހޯދައި ނުދެވޭ. އެއީ މާލޭގައި އެންމެ ދަތި ހާލުގައި، ދިރިއުޅޭނޭ ތަނެއް ނެތިފައި ތިބި ރައްޔިތުން" ސިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އެ މީހުންނަށް ލުއި ލޯނު ލިބޭނޭ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް ވާހަކަ ދައްކައި އެމްއެމްއޭގައި ބޮޑު ޖަލްސާއެއް ބޭއްވުމުގެ އިތުރުން ބޭންކްތަކުގެ ބޮޑެތި ބޭފުޅުން ގެންނަވައިގެން ކުރެއްވި ކަންތައްތަކުން ރައްޔިތުންނަށް ހީވީ ކޮންމެވެސް ގޮތްތަކެއް ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ފެނިގެން ދިޔައީ ފްލެޓެއްގެ އަގު ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާއަށް ހަމަޖެއްސި ތަން ކަމަށެވެ. އެ ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދައްކަން ޖެހޭ ކަމަށާއި މަހުގެ ކުއްޔަށް ތިރީސް ދެހާސް ދައްކަން ޖެހޭ ކަމަށް ޝިފާ ވިދާޅުވި އެވެ.

"ވަރަށް ކަށަވަރުކޮށް އެނގޭ ފްލެޓަކަށް ޖެހެނީ 1.2 މިލިއަން ކަމާ އަދި އެ ފައިސާ ޓާޓާއަށް ދައްކާ ނިމިފައިވާކަން. އެހެންނަމަވެސް އެޗްޑީސީއަށް ހަވާލުވުމާ ގުޅިގެން މިއޮތީ ވާނުވާ ނޭނގިފައި،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ފްލެޓް ލިބޭނެ ކަމަށް ބުނެފައިވާ ފަރާތްތަކުގެ އެދުމަކަށް ސިޓީ ކައުންސިލުން އެބޭފުޅުންނާ ބައްދަލު ކުރި ކަމަށާއި އެބައްދަލުވުމުން ވަރަށް ބައިވަރު މައްސަލަތައް ފެންމަތިވި ކަމަށެވެ. ސިފާ ވިދާޅުވީ 18ހާސް ރުފިޔާ މުސާރައަށް ލިބޭ މީހުންނަށްވެސް ލޯނު ނުލިބޭ ކަމަށެވެ. މިފަދަ އެތައް މައްސަލަތަކެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް