Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިރާނުގެ ހާލަތު

އިރާނުގައި ކޮވިޑުން ރައްކާތެރިވާން އަޅާފައިހުރި ފިޔަވަޅުތައް ދިގު ދައްމާލައިފި

އިރާނުގެ މައި ސިޓީ ތެހެރާން ހިމެނޭގޮތަށް ގިނަ ސިޓީތަކެއް ވަނީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޑިސެމްބަރު 2020 | އާދީއްތަ 07:16
ތެހެރާންގެ މަގުމަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ

ތެހެރާންގެ މަގުމަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ

އިރާނުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 50،000ށް އެރުމާއެކު އެ ގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދިގު ދައްމާލައިފިއެވެ.

އިރާނަކީ މެދު އިރުމަތީގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އަދި އިރާނަށް މިހާރު ކޮވިޑްގެ ތިންވަނަ ރާޅެއްވަނީ އައިސްފައެވެ. އިރާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ މިލިއަނަކަށް އަރާފައެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިރާނުގެ މައި ސިޓީ ތެހެރާން ހިމެނޭގޮތަށް ގިނަ ސިޓީތަކެއް ވަނީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފައެވެ. އެގޮތުން ސިޓީތަކުގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫން އެހެން ޚިދުމަތްތައް ދިނުންވަނީ މެދުކަނޑާލާފައެވެ. އަދި ސަރުކާރު އޮފީސްތަކަށް ގޮސްގެން ޚިދުމަތްދޭ މިންވަރުވަނީ މަދުކޮށްފައެވެ.

ސިޓީތަކުގައި ކޮވިޑް-19 ޖެހޭ މީހުންނާއި ވައިރަސް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އޮފިޝަލުން އަންނަނީ ގަވާއިދުން ބަލަމުންނެވެ. އަދި ސިޓީތަކުގައި ވައިރަސް ހުރި މިންވަރަށް ބަލާ ކަނޑައަޅާފައިވާ ކުލަތަކަށް ބަދަލުތައް އާދޭތޯ އޮފިޝަލުން އަންނަނީ ބަލަމުންނެވެ.

އެގޮތުން ވައިރަސްގެ އެއްވެސް ނުރައްކަލެއް ނެތް ސިޓީތަކަށް ހުދު ކުލަ ދީފައިވާއިރު ވައިރަސްގެ ހާލަތު އެންމެ ގޯސް ސިޓީތަކަށް ދީފައިވާ ކުލައަކީ ރަތް ކުލައެވެ. ހޮނިހިރު ދުވަހު އެ ގައުމުންވަނީ ރަތް ކުލަ ހުރި ސަރަހައްދުތަކުގައި ލޮކްޑައުންކޮށްފައި އޮތްއޮތުން އަދިވެސް ދިގުދައްމާލާނެކަމަށް ބުނެފައެވެ.

އޭގެ އިތުރުން ރޭގަނޑު ގަޑީގައި ކާފިއު އިއުލާންކޮށްފައި އޮތްއޮތުން 278 ސިޓީއެއްގައި ވަނީ ދިގުދައްމާލާފައެވެ. އެ ސިޓީތަކަށް ދީފައިވާ ކުލައަކީ އޮރެންޖް ކުލައެވެ. އޭގެ މާނައަކީ އެ ސަރަހައްދުތަކުގައި ވައިރަސްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. މީގެ އިތުރުން ހުރިހާ ރައްޔިތުން މާސްކު އަޅައިގެން އުޅެންޖެހޭ އުޅުން ވަނީ އަދިވެސް އެގޮތުގައި ދަމަހައްޓާފައެވެ.

އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ މީހުންނާއި އޮފިޝަލުން ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަންނުދޭނަމަ ތެހެރާންގެ ހާލަތު ލޮކްޑައުންކުރި އިރު އޮތް ހިސާބަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ރޫހާނީ ގޮވާލެއްވިއެވެ.

އިރާނުގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް އެއް ދުވަހާ ވައިރަސް ޖެހިގެން ރިކޯޑް ކޮށްފައިވަނީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ 14،051 މީހުންނަށެވެ. އަދި އެންމެ ގިނަ މީހުން މަރުވެގެން ރިކޯޑްކޮށްފައިވަނީ ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ދުވަހު ވައިރަސް ޖެހިގެން 486 މީހުންވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ގޮވާލައިފި

05 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ގޮވާލައިފި
12 އޯގަސްޓު 2017

އަސްކަރީ ފިޔަވަޅު ހިމެނޭގޮތުން ވެނެޒުއޭލާއަށް އަޅާނެ ފިޔަވަޅުތައް އެބަހުރި: ރައީސް ޓްރަމްޕް

12 އޯގަސްޓު 2017
އަސްކަރީ ފިޔަވަޅު ހިމެނޭގޮތުން ވެނެޒުއޭލާއަށް އަޅާނެ ފިޔަވަޅުތައް އެބަހުރި: ރައީސް ޓްރަމްޕް
08 އޯގަސްޓު 2017

އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ

08 އޯގަސްޓު 2017
އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ
12 ޖުލައި 2017

ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ

12 ޖުލައި 2017
ސުދާން އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމަށް އުވާލާނީތޯ އެމެރިކާ އިން އިތުރަށް ވިސްނަނީ
07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު