Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

އަސްކަރީ ފިޔަވަޅު ހިމެނޭގޮތުން ވެނެޒުއޭލާއަށް އަޅާނެ ފިޔަވަޅުތައް އެބަހުރި: ރައީސް ޓްރަމްޕް

ވެނެޒުއޭލާ އާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2017 | ހޮނިހިރު 10:45
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އެކަމުގެ ޖަވާބުގައި އެމެރިކާ އިން އަދި ވަކި ފިޔަވަޅެއް އަޅަން ސީދާ ނުނިންމާ ކަމަށާއި އަސްކަރީ ފިޔަވަޅު ހިމެނޭ ގޮތުން ހުރިހާ ފިޔަވަޅުތަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ހުކުރު ދުވަހު ރިޕޯޓަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ވެނެޒުއޭލާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ރައީސް ޓްރަމްޕް ވެނެޒުއޭލާ އަށް އަސްކަރީ ފިޔަވަޅު އެޅުމާ ބެހޭ ވާހަކަ ދެއްކުމަކީ "މޮޔަ ކަމެއް" ކަމަށާއި އަދި އެއީ "އާދަޔާ ހިލާފަށް ކަންކަން ހައްދުފަހަނައަޅައި ދިއުން ކަމަށެވެ."

ވެނެޒުއޭލާގައި ހިނގަމުންދާ ހަލަބޮލި ކަމާއި ގުޅިގެން އިދިކޮޅު ލީޑަރުން ހައްޔަރު ކުރަމުން ދާތީ އެމެރިކާ އިން ވަނީ ދާދިފަހުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަށާއި މިހާރާއި އަދި ކުރީގެ އެގައުމުގެ ބައެއް އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އިފްތިތާހް ކުރި އާ މަޖިލީހުގައި ދެއްވި ތަގުރީރެއްގައި ރައީސް މަޑޫރޯ ވިދާޅުވީ މިއަންނަ މަހު ނިއު ޔޯކްގައި އޮންނަ އދ ގެ ޖެނެރަލް އެސަމްބްލީ ގައި ދެބޭފުޅުން ބައްދަލުވެވަޑައިގެން ވާހަކަފުޅު ދައްކަވަން ބޭނުފުޅުވާ ކަމަށާއި، ވެނެޒުއޭލާ އާ މެދު ރައީސް ޓްރަމްޕް ޝައުގު ހުރި ނަމަ އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ ވައިޓް ހައުސް އިން ބުނެފައި ވަނީ ރައީސް މަޑޫރޯގެ ދައުވަތު ގަބޫލު ނުކުރާ ކަމަށާއި ގައުމުގައި ފުރަތަމަ ޑިމޮކްރަސީ އަށަގަންނުވަން ޖެހޭ ކަމަށެވެ.

ވެނެޒުއޭލާގައި ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ރައީސް މަޑޫރޯ މަސައްކަތްޕުޅު ކުރައްވާތީ ގައުމު ވަނީ ވަރަށް ހަލަބޮލިވެފައެވެ. އަދި ބައިނަލްއަގްވާމީ ގޮތުން އެގައުމުގެ ސަރުކާރަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު