Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
1 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

1 ކިލޯގެ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި އެންމެން ކޯޓުުން ދޫކޮށްލައިފި

މިމައްސަލާގައި 7 މީހަކު ހައްޔަރުކުރި، ހެކި ނެތްކަމަށްބުނެ 2 މީހަކު މީގެކުރިން ވަނީ ދޫކޮށްލާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2020 | ހޮނިހިރު 09:36
ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަނީ

ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަނީ

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު މާލެއިން ހައްޔަރުކުރި އެންމެން ބަންދުން ދޫކޮށްލައިފި އެވެ.

މިމައްސަލައަކީ މިދިއަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ 21:38 ހާއިރު، ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު 7 މީހަކު ހައްޔަރުކުރި އެވެ.

މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނެކެވެ.

އެ 7 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހެކި ނެތް ކަމަށްބުނެ، ދެމީހަކު ވަނީ މީގެކުރިން ދޫކޮށްލާފަ އެވެ. ނަމަވެސް ދެން ތިބި 5 މީހުންގެ ބަންދުގެ މުއްދަތުޖަހާފައި ވެއެވެ.

މިމައްސަލަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކްރިނިނަލް ކޯޓަށް ހުށަހެޅިފައިވާތީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ފަރާތުން ވަނީ އެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި އެދިފަ އެވެ. ނަމަވެސް 15 ދުވަހުގެ ބަންދުގެ މުއްދަތު ޖެހުމަށްފަހު، ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މިމައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު، އެމީހުންގެ ބަންދުގެ މުއްދަތަށް 10 އިތުރުކޮށްފައިވެ އެވެ.

މިމައްސަލައިގެ އަޑުއެހުމެއް ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ 18:10 ހާއިރުން ފެށިގެން ގާތްގަނޑަކަށް ރޭގަނޑު 23:00 އާ ހަމައަށް އަޑުއެހުން ކުރިއަށް ގެންދިއުމަށްފަހު ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވައި ބަންދާމެދު ގޮތެއް ނިންމުމަށެވެ.

އެގޮތުން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު 18:00 ހާއިރު އަޑުއެހުން ބޭއްވުމަށްފަހު ގާޒީ ނިންމާފައިވަނީ ތުހުމަތު ކުރެވޭ 5 މީހުންގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތް ކަމަށް ނުފެންނާތީ، އެ 5 މީހުންގެ ބަންދުން ދޫކޮށްލުމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ނޫސްވެރިންނަށް ދެއްކުމަށްޓަކައި މިދިޔަ ހަފްތާގައި އެ އިދާރާ އިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށްފަހު މިހާރު ވަނީ އެ އޮޕަރޭޝަން މެދުކަނޑާލައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު