Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގަމު ޒޯން ސްޓޭޑިއަމުގެ މަސައްކަތް

އޭއެފްސީ ކަޕް ކުޅެވޭ ފެންވަރަށް ގަމު ޒޯން ސްޓޭޑިއަމް ތަރައްގީކުރަނީ

ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމަށްފަހު ރަސްމީކޮށް ހުޅުވީ ބުރާސްފަތި ދުވަހު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2020 | ހޮނިހިރު 05:24
ލ. ގަން ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމަށްފަހު

ލ. ގަން ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމަށްފަހު

އޭއެފްސީ ކަޕުގެ މެޗުތައް ކުޅެވޭ ފެންވަރަށް ލ. ގަން ޒޯން ސްޓޭޑިއަމް ތަރައްގީކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމައި، އެ ދަނޑު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, ހައްދުންމަތީ ގަމަށް ކުރެއްވި ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. ގަމު ޒޯން ސްޓޭޑިއަމުގައި އެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ގަމު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވިސާމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ އޭއެފްސީ ކަޕުގެ މެޗުތަށް މިއަދާ ހަމައަށްވެސް ކުޅެމުން އައީ މާލޭގައި އެކަނި ކަމަށާއި، އެކަމަކު މި ސަރުކާރުގެ ކުޅިވަރު ސިޔާސަތަކީ އެ މުބާރާތްތަކުގެ މެޗުތައް އަތޮޅު ތެރޭގައިވެސް ކުޅެވޭނެ ފެންވަރަށް ސްޓޭޑިއަމްތައް ހެދުން ކަމަށެވެ. އެހެންކަމުން އޭއެފްސީ ކަޕްގެ މެޗުތައް ކުޅެވޭނެ ފެންވަރަށް ގަމު ޒޯން ސްޓޭޑިއަމް ތަރައްގީކުރުން އެއީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގަމު ޒޯން ސްޓޭޑިއަމުގައި ކުރިއަށް އޮތް ތަނުގައި ފެންސް ޖަހައި، ލައިޓިންގ ސިސްޓަމް ހަރުކޮށް، ފެންވަރު ރަނގަޅު ރޮސްޓްރަމް ސަރަހައްދެއް ހެދިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އޭއެފްސީ ކަޕުގެ މެޗުތައް މިހާތަނަށް މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނުއިރު، މި އަހަރުގެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒް ކޮށްގެން ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އެކަމަކި ކޮވިޑް-19 އާ ގުޅިގެން އޭއެފްސީން ފަހުން ވަނީ މުބާރާތް ކެންސަލް ކޮށްފައެވެ.

ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތުގައި ވަޒީރު އިތުރަށް ވިދާޅުވީ މި ސަރުކާރުން އަތޮޅުތެރޭގައި ކުޅިވަރު ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތައް އަދި ވޮލީބޯޅަ ކޯޓުތަކުގެ އިތުރުން އެކި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ގަމު ޒޯން ސްޓޭޑިއަމަކީ މި ސަރުކާރުން އެޅި އަށްވަނަ ޓާފް ދަނޑެވެ. ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލިއިރު، މި ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ގަމު ޒޯން ސްޓޭޑިއަމުގެ ބިން އެއްވަރުކުރުމުގެ މަސައްކަތަށް 2.59 މިލިޔަން ރުފިޔާ ޚަރަދުވި ކަމަށެވެ. އަދި އޭގެ ފަހުން 4.36 މިލިޔަން ރުފިޔާއަށް ޓާފް އެޅުމުގެ މަސައްކަތް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު