Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ހާލަތު

އެއް ކޭސް އަނެއް ކޭސްއާ ގުޅުމުގެއް ނެތް ކޭސްތަކުގެ އަދަދު ދަށަށް!

އަންލިންކްޑް ކޭސް ތަކުގެ އަދަދު ހަފްތާ 31 އަދި 32 ގައި ވަނީ ދަށަށް ގޮސްފަ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2020 | ހޮނިހިރު 04:11
ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ

ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ

އެއް ކޭސް އަނެއް ކޭސްއާ ގުޅުމުގެއް ނެތް ނުވަތަ އަންލިންކްޑް ކޭސްތަކުގެ އަދަދު ހަފްތާ 31 އަދި 32 ގައި ދަށަށް ގޮސްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ މި ތަފާސްހިސާބުގައި ނޮވެމްބަރު މަހުގެ 11ން 17ށް އަދި ނޮވެމްބަރު މަހުގެ 18ން 24ށް އަންލިންކްޑް ކޭސްތަކުގެ އަދަދު ވަނީ އެލަރޓް ލެވެލް އެކަކަށް ވުރެން ދަށަށް ގޮސްފައެވެ. އެގޮތުން މި ދެ ހަފްތާގައިވެސް ރިޕޯޓުކޮށްފައިވަނީ މިފަދަ 19 ކޭސްއެވެ.

Advertisement - newsAdvertisement

އަންލިންކްޑް ކޭސް އެންމެ ގިނަވެފައިވަނީ ނުވަ ވަނަ ހަފްތާގައެވެ. އެއީ ޖޫން މަހުގެ 10ން 16ށެވެ. އެގޮތުން މި ހަފްތާއަށް ބަލާއިރު ޖުމްލަ 51 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ނުރައްކާތެރިކަމުގެ ނިސްބަތަށް ބަލާނަމަ އެއީ އެލަރޓް ލެވެލް ތިނެކެވެ.

މިފަދަ ކޭސްތައް އެންމެ މަދުން ފެނިފައިވަނީ ހަތްވަނަ ހަފްތާގައެވެ. މި ހަފްތާގައި ޖުމްލަ ހަ ކޭސް ރިޕޯޓު ކޮށްފައިވާއިރު، އެއީ މެއި މަހުގެ 27ން ފެށިގެން ޖޫން މަހުގެ ދެވަނަ ދުވަހާ ހަމައަށެވެ. ހަތްވަނަ ހަފްތާގައިވެސް ވަނީ އެލަރޓް ލެވެލް އެކަކަށް ވުރެން ދަށްވެފައެވެ.

ފްލޫ ކްލިނިކްތަކަށް ބަލާއިރު، ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ އަދަދުތަށް މިހާރު ނުރައްކާތެރިކަމުގެ ނިސްބަތަށް ބަލާނަމަ ވަނީ އެލަރޓް ލެވެލް ދޭކަށް އަރާފައެވެ. މި އަދަދު އިތުރުވަމުން އަންނައިރު 31 ވަނަ ހަފްތާގައި ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ ރޭޓު ނުވަ އިންސައްތައަށް އަރާފައިވާއިރު 32 ވަނަ ހަފްތާގައި ވަނީ 11 އިންސައްތައަށް އިތުރުވެފައެވެ.

އެގޮތުން ފްލޫ ކްލިނިކްތަކުން ނިސްބަތްވާ އަދަދު އެއް އިންސައްތައާއި ނުވަ އިންސައްތައިގައި ހިފެހެއްޓިފައި އޮންނަ ނަމަ އެއީ އެލަރޓް ލެވެލް އެކެކެވެ. އަދި 10 އިންސައްތައާއި 19 އިންސައްތައާ ދެމެދުގައި އަދަދުތައް އުޅޭނަމަ އެއީ އެލަރޓް ލެވެލް ދޭކެވެ. އަދި މި އިންސައްތަ 19ށް ވުރެ އިތުރު ވެއްޖެނަމަ އެއީ ލެވެލް ތިނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު