Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ޙާލަތު

ކޮވިޑް-19 އެމެރިކާގައި މިވަގުތުވެސް 26000ށް ވުރެ ގިނަ މީހުން ކްރިޓިކަލް ޙާލަތުގައި

އިންޑިއާގައި 8900ށް ވުރެ ގިނަ މީހުން ކްރިޓިކަލް ޙާލަތުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޑިސެމްބަރު 2020 | ހޮނިހިރު 00:14
އެމެރިކާގައި ކޮވިޑް-19 ގެ ބަލި މީހުން ވަޅުލަނީ - އެމެރިކާއަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާ ޤައުމު

އެމެރިކާގައި ކޮވިޑް-19 ގެ ބަލި މީހުން ވަޅުލަނީ - އެމެރިކާއަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާ ޤައުމު

އެމެރިކާގައި ކޮވިޑް-19 ޖެހިގެން ޙާލަތު ބޮޑު (ކްރިޓިކަލް) ބަލި މީހުންގެ އަދަދު 26000ށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމެރިކާއިން މިހާތަނަށް 14 މިލިއަން 7 ލައްކައަށްވުރެ ގިނަ މީހުން ވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު، 276،000 ށް ވުރެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވެފައިވެއެވެ. އަދި މިވަގުތުވެސް 26،150ށް ވުރެ ގިނަ މީހުން ބަލި ޖެހިގެން ކްރިޓިކަލް ޙާލަތުގައި ތިބި ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކައެވެ.

އޭގެ އިތުރުން، ކްރިޓިކަލް ޙާލަތުގައި ތިބި ބަލި މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނައީ އަވައްޓެރި އިންޑިއާގައެވެ. އެގޮތުން އިންޑިއާގައި 8900ށް ވުރެ ގިނަ މީހުން ކްރިޓިކަލް ޙާލަތުގައި ތިބިއިރު، ބްރެޒިލްގެ 8300ށް ވުރެ ގިނަ މީހުން ވައިރަސް ޖެހިގެން ޙާލު ބޮޑު ބަލި މީހުންގެ ގޮތުގައި މިވަގުތުވެސް ރިޕޯޓް ކުރެވިފައިވެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފްރާންސްގެ 3200 މީހުންނާއި، އިޓަލީގެ 3500 މީހަކާއި، ޖަރމަނީގެ 4000 މީހަކާއި، އާރަޖެންޓީނާގެ 3900 މީހެއްގެ އިތުރުން، މެކްސިކޯގެ 3300 މީހުންވެސް މިވަގުތު ކްރިޓިކަލް ޙާލަތުގައި އެބަ ތިއްބެވެ.

މުޅި ދުނިޔެއިން މިހާތަނަށް 66،178،000ށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިހާތަނަށް މުޅި ދުނިޔެއިން މި ވައިރަސް ޖެހިގެން 1،524،000ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިހާތަނަށް 45 މިލިއަނަށްވުރެ ގިނަ މީހުން މި ބަލި ޖެހިގެން ރަނގަޅު ކުރެވިފައިވާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދު 19،161،000 ށް ވުރެ ގިނައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު