Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައޯއެންޓެކް ވެކްސިން

ބައޯއެންޓެކްގެ ވެކްސިން އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ބަހުރައިނުން ދީފި

4 ޑިސެމްބަރު 2020 | ހުކުރު 18:00

ހުއްދަ ދީފައިވަނީ ހުކުރު ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޑިސެމްބަރު 2020 | ހުކުރު 18:00
ބަހުރައިންގެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދެނީ

ބަހުރައިންގެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދެނީ

ކޮވިޑް ވެކްސިންތަކުގެ ތެރެއިން އެންމެ އުއްމީދީ އެއް ވެކްސިން ކަމުގައިވާ ފައިޒާ އަދި ބައޯއެންޓެކްގެ ވެކްސިން އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ބަހުރައިނުން ދީފިކަމަށް ރޮއިޓަރސްއިން ހާމަކޮށްފިއެވެ.

ވެކްސިން ބޭނުންކުރުމުގެ ހުއްދަ ބަހުރައިނުން ދީފައިވަނީ ހުކުރު ދުވަހުއެވެ. މިއީ އިނގިރޭސީވީލާތަށްފަހު ބައޯއެންޓެކްގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިން ގައުމެވެ. މީގެ ކުރިން އެގައުމުން ވަނީ ސިނޮފަރމްގެ ކޮވިޑް ވެކްސިން ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ބޭނުންކުރުމުގެ ހުއްދަ މިދިޔަ ނޮވެމްބަރ މަހު ދީފައެވެ.

Advertisement - worldAdvertisement

އެމެރިކާގެ ފައިޒަރ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނި ގުޅިގެން ތައްޔާރުކުރި ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފައިވަނީ މި ހަފްތާތެރޭގައެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، މެޑިސިންސް އެންޑް ހެލްތް ކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީގެ އިރުޝާދުގެ ދަށުން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އިނގިރޭސިވިލާތުގެ ހެލްތް ސެކެރެޓަރީ މެޓް ހެންކޮކް ވިދާޅުވީ، އަންނަ ހަފްތާގެ ކުރީކޮޅުން ފެށިގެން އެ ގައުމުގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަދީފައިވާއިރު، ޔޫރަޕްގެ ގައުމުތަކުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދި ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) ގައި ފައިޒަރ އަދި ބަޔޯންޓެކުން ވަނީ އެދިފައެވެ.

އެންމެ ފަހުން އެ ކުންފުނިތަކުން ހެދި ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާތަކުން ދައްކާގޮތުގައި، ވެކްސިނަކީ ކޮރޯނާ ވައިރަސްއަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެކެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުންވެސް ވަނީ އެ ގައުމުގައި ފައިޒަރގެ ވެކްސިން ބޭނުންކުރުުމުގެ ހުއްދައަށް އެދިފައެވެ.

މީގެ އިތުރުން ފައިޒަރއިން ވަނީ އެ ކުންފުނީގެ ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ޓްރަޔަލްތަކެއްވެސް އެމެރިކާގެ ހަތަރު ސްޓޭޓެއްގައި ފަށާފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2017

ވޮޝިންގްޓަންގެ ރޭލް އެކްސިޑެންޓް: ރޭލް ދުއްވާފައިވަނީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރަށް

20 ޑިސެމްބަރު 2017
ވޮޝިންގްޓަންގެ ރޭލް އެކްސިޑެންޓް: ރޭލް ދުއްވާފައިވަނީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރަށް
30 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ

30 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
27 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

27 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް