Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގައި މަގުމަތިވެފައިވާ މީހުން

ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ދިރިއުޅޭ ފަރާތްތަކަށް ހެދި ތަން ސިޓީ ކައުންސިލުން ބައްލަވާލައްވައިފި

4 ޑިސެމްބަރު 2020 | ހުކުރު 18:11

މަގުމަތިވެފައިވާ ފަރާތްތަކުގެ މައްސަލަތައް ރިޕޯޓްކުރުމަށް ގުޅާނީ 1421 ނަމްބަރަށް

އަތޫފް އާތިފް
އަތޫފް އާތިފް | 4 ޑިސެމްބަރު 2020 | ހުކުރު 18:11
ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ މީހުނަށް ގުޅީފަޅުގައި ހެދި ފެސިލީޓީ ސިޓީ ކައުންސިލްގެ ފަރާތުން ބައްލަވައިލައްވަނިކޮށް

ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ މީހުނަށް ގުޅީފަޅުގައި ހެދި ފެސިލީޓީ ސިޓީ ކައުންސިލްގެ ފަރާތުން ބައްލަވައިލައްވަނިކޮށް

މާލޭ ސިޓީގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ފަރާތްތަކަށް ގުޅީ ފަޅުގައި ހެދި ފެސިލިޓީ މާލޭ ސިޓީ ކައުންސިލްއިން ބައްލަވާލައްވައިފި އެވެ.

މާލޭ ސިޓީ ކައުންސިލް އިން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ގުޅީ ފަޅުގައި ހެދި ފެސިލިޓީ ބައްލަވާލައްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަގުމަތި ވެފައިވާ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީ އިން ވަނީ ފަށާފަ އެވެ. އެ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރަމުން ގެންދާނީ އެ މިނިސްޓްރީ އާއި އެ ފަރާތްތަކާއި ދެމެދު ހެދޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިނިސްޓްރީން ބުނީ އެ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރަނީ ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ނެރެނު ބަޔާނެއްގައި ވަނީ، މަގުމަތިވެފައިވާ ހުރިހާ ފަރާތަކުންވެސް ޕްރޮގްރާމް ގައި އެއްބާރުލުން ދޭން އެދިފަ އެވެ.

ސަރުކާރުން އެ ފަދަ ޕްރޮގްރާމެއް އިޢުލާން ކުރުމުން ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާއި ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭ ގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ވަގުތީ ހިޔާތަކަށް ބަދަލުކުރެވޭ މީހުން އެތަނުގައި ހޭދަކުރާ މުއްދަތުގައި ދާއިމީ ހިޔާވައްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރާނެ ކަމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. ހަމައެއާއެކު އެ ފަރާތްތަކުގެ ހުރި ހުނަރުތައް ދެނެގަނެ ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިހެން ހިންގޭ ލައިފް ސްކިލްސް ޕްރޮގްރާމްތަކުގެ އިތުރުން، ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ވަނީ ރޭވިފައި ވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެ އެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ގުޅުމަށް އެދިފަ އެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން މަގުމަތިވެފައިވާ މީހުންގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ޖެންޑަރ މިނިސްޓްރީން ވަނީ ދީފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް