Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޑީއޭ އަށް ސީއީއޯއަކު ހޯދުން

އެންޑީއޭ އަށް ސީއީއޯއަކު ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި

ކުރީގެ ސީއީއޯ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު މަހު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2020 | ހުކުރު 14:05
ނޭޝަނަލް ޑްރަގް އެޖެންސީ

ނޭޝަނަލް ޑްރަގް އެޖެންސީ

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ޗީފް އެކްޒެކްޓިވް އޮފިސަރަކު ހޯދަން ތިން ވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެންޑީއޭ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ސީީއީއޯ އަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް، ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ކޮށްފައިނުވާ މީހަކަށް ސީއީއޯ އަަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެންޑީއޭގެ ސީއީއޯގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި އެ އެޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުން އަދި ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ ހިމެނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށައަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ތައުލީމީ ސެޓުފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮށްފައިވާ ސެޓުފިކެޓް، ކުރިމަތިލާ ފަރާތުގެ ވަނަވަރުގެ އިތުރުން ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާ، ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ހިމެނެއެވެ.

އެންޑީއޭގެ ސީއީއޯއަށް މުސާރައިގެ ގޮތުގައި 18,000 ރުފިޔާ، ފޯނު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ، އަދި ލިވިން އެލަވަންސްގެ ގޮތުގައި 12,500 ރުފިޔާ ލިބޭނެއެވެ.

މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީ ހުށައަޅަން ޖެހެނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 13:00 ކުރިންނެވެ.

އެންޑީއޭ އަށް ސީއީއޯ އެއް ހޯދަން އިއުލާން ކޮށްފައިމިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޝަހީލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޮކްޓޫބަރު، ނޮވެމްބަރު މަހުގެ އިތުރުން މިއިއުލާނާ އެކު ތިން ފަހަރަށް ސީއީއޯއަކު ހޯދަން ވަނީ އިއުލާން ކޮށްފައެވެ.

އެންޑީއޭގެ އިސް އޮފިޝަލަކު ''ރާއްޖެ.އެމްވީ'' އަށް ވިދާޅުވީ، އެންމެ ފުރަތަމަ ފަހަރަށް ސީއީއޯއަކުން ހޯދަން އިއުލާންކުރުމުން މާބޮޑު ތަރުހީބެއް ނުލިބޭ ކަމަށެވެ. އަދި ދެވަނަ ފަހަރު ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި މަގާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެތް ކަމަށެވެ.

އެންޑީއޭގެ އަށް ދަނީ މި ފަހަކަށް އައިސް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ވަމުންނެވެ މަސްތުވާތަކެތީގެ މައްސަލާގައި އެންމެ އެކަށީގެންވާ ވަރަށް އެންޑީއޭ އަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެންޑީއޭގެ ބޯޑަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު