Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކޮވިޑް-19 ރިކަވަރީ ސްކީމް

ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 885 މިލިއަން ރުފިޔާ ދޫކޮށްފި

ބޮޑެތި ވިޔަފާރިތަކަށް 555.7 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2020 | ހުކުރު 04:13
ކޮންސްޓްރަކްޝަން މަސައްކަތްތެރިއަކު ހަރަކާތްތެރިވަނީ، އެންމެ ބޮޑު ހީނަރުކަމެއް އައި ދާއިރާތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތް ހިމެނޭ

ކޮންސްޓްރަކްޝަން މަސައްކަތްތެރިއަކު ހަރަކާތްތެރިވަނީ، އެންމެ ބޮޑު ހީނަރުކަމެއް އައި ދާއިރާތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތް ހިމެނޭ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކުގެ ގޮތުގައި ނޮވެމްބަރ 26 ގެ ނިޔަލަށް 885 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މިހާތަނަށް 395 ފަރާތަކަށް 555.7 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މި ލޯނަށް އެދި ޖުމްލަ 594 ފަރާތަކުން ފޯމް ހުށައެޅިނަމަވެސް، ލޯން އެޕްރޫވަލް ލިބުނީ 417 ފަރާތަކަށެވެ. އޭގެ ތެރެއިން 395 މީހުންނަށް ލޯނު ދޫކޮށްފައިވާއިރު، 17 ފޯމެއް ވަނީ ރިޖެކްޓް ކޮށްފައެވެ.

Advertisement - businessAdvertisement

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކަށް ބަލާއިރު، 1,969 ފަރާތްތަކަށް 329.3 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 615 ފަރާތަކަށް ދޫކޮށްފައިވާ 18.4 މިލިއަން ރުފިޔާގެ ލޯނާއި ކުދި އަދި މެދު ފަންތީގެ 1,354 ވިޔަފާރިތަކަށް ދޫކޮށްފައިވާ 310.9 މިލިއަން ރުފިޔާގެ ލޯނެވެ. މިހާތަނަށް 3,985 ފަރާތަކުން އެސްޑީއެފްސީގެ ރިކަވަރީ ލޯނަށް އެދިފައިވާއިރު، އެޕްރޫވަލް ލިބުނީ 2,144 ފަރާތަކަށެވެ.

ކޮވިޑް-19 ވިޔަފާރި އެހީގެ ދަށުން އަންހެން މަސައްކަތްތެރިންގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ލޯނު ދޫކުރަމުން އަންނައިރު، މިހާތަނަށް 115.9 މިލިއަން ރުފިޔާގެ ލޯން، 563 ފަރާތަކަށް ދިނުމަށްވަނީ އެޕްރޫވްކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 124 ފަރާތަކަށް 3.7 މިލިއަން ރުފިޔާ އާއި 439 އެސްއެމްއީތަކަށް 112.2 މިލިއަން ރުފިޔާގެ ލޯނެވެ.

ބީއެމްއެލް އަދި އެސްޑީއެފްސީން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ %6 އިންޓެރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާއި އެކުއެވެ.

ބީއެމްއެލްއިން ރިސޯޓްތަކަށާއި ފާއިތުވި އަހަރުގެ ޓާންއޯވަރ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރު ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު، އެސްޑީއެފްސީން ލޯނު ދޫކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރަން ފެށުމަށް ރައީސް ނިންމަވައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރަން ފެށުމަށް ރައީސް ނިންމަވައިފި

12 ޖޫން 2019
ވިޔަފާރިތަކަށް ހުރިހާ ބޭންކިންގ ޚިދުމަތްތެއް ލިބޭނެ ގޮތް ބީއެމްއެލް އިސްލާމިކް އިން ހަމަޖައްސައިފި

ވިޔަފާރިތަކަށް ހުރިހާ ބޭންކިންގ ޚިދުމަތްތެއް ލިބޭނެ ގޮތް ބީއެމްއެލް އިސްލާމިކް އިން ހަމަޖައްސައިފި

27 މެއި 2019
އަލޯރާގެ އެނުއަލް ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް!

އަލޯރާގެ އެނުއަލް ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް!

16 އެޕްރީލު 2018
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

14 އެޕްރީލު 2018
ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު