Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުން

މިހާތަނަށް ނުވަހާހަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި

މިހާތަނަށް 9033 ބަންގްލަދޭޝް ރައްޔިތެއް ފޮނުވާލެވިއްޖެ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 3 ޑިސެމްބަރު 2020 | ބުރާސްފަތި 13:37
ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ދާން ފްލައިޓަށް އަރަނީ

ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ދާން ފްލައިޓަށް އަރަނީ

ރާއްޖޭގައި ޤަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން މިހާތަނަށް 9000 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިއްޖެ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ބުރާސްފަތި ދުވަހު އިތުރު 200 މީހަކު އަނބުރާ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ފޮނުވާލެވިފައި ވާކަމަށާއި މި އަދާދާއެކު މިހާތަނަށް 9033 ބަންގްލަދޭޝް ރައްޔިތެއް ފޮނުވާލެވިފައި ވާކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާ އޭގެތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި ސަރުކާރުން އަންނަނީ ދެމުންނެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ގިނަބަޔަކު ހިމެނޭއިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ސައްހަ ލިޔުމެއް ނެތި އުޅެމުންދިޔަ ބިދޭސީންތަކެއް ވަނީ ފޮނުވާލާފައެވެ.

ޤަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ގައުމަށް ފޮނުވާލުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ބަންގްލަދޭޝްގެ އަސްކަރީ މަނަވަރަކާއި އެގައުމުގެ ގައުމީ އެއާލައިނާއި، މޯލްޑިވިއަން އާއި އަދި އިކޮނިމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާއި ބެހޭ އެހެން އިދާރާތަކާއި ގުޅިގެންނެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް އަރާއިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ. ސަރުކާރުން ވަނީ ގަވައިދުގެ ތެރެއަށް ވަނުމަށް އެ ބިދޭސީންނަށް ފުރުސަތު ވެސް ދީފަ އެވެ. އެ ފުރުސަތުގައި 40،000 ބިދޭސީން ރަޖިސްޓްރީވި އެވެ.

ގައުމަށް ދާން ބޭނުންވާ ބިދޭސިންނަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން މިހާރު ދަނީ ޕްރޮގްރާމެއްވެސް ހިންގަމުންނެވެ. އެ ޕްރޮގްރާމުގެ ދަށުން އަމިއްލައަށް ދާން ބޭނުންވެގެން ރަޖިސްޓްރީވާ ބިދޭސީންގެ އިތުރުން ވަޒީފާދޭ ފަރާތްތަކުން އެމީހުން ރަޖިސްޓްރީ ކޮށްގެން ރެގިއުލަރައިޒޭޝަން ސިސްޓަމް ތެރޭގައި ފެއްތުމަށް ގައުމަށް އަނބުރާ ފޮނުވާލެވޭ މީހުން ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވަނީ އެމިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 އެއްހާ ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެ އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު