Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޑޯޓްމުންޑް ދެވަނަ ބުރަށް

ޑޯޓްމުންޑާއި ލާޒިއޯ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޑިސެމްބަރު 2020 | ބުރާސްފަތި 06:16
ޑޯޓްމުންޑާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ޑޯޓްމުންޑާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ބޮރޫޝިއާ ޑޯޓްމުންޑުން ހޯދައިފިއެވެ.

މި މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ޑޯޓްމުންޑުން ކަށަވަރުކުރީ ގްރޫޕް އެފްގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ލާޒިއޯއާ 1-1 ން އެއްވަރުކޮށްގެންނެވެ.

ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ޒުވާން ތަރި އާލިން ހާލަންޑް ކުޅެފައެއް ނުވެއެވެ. އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑޯޓްމުންޑުންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރޭރޯއެވެ. އެކަމަކު މެޗުގެ 67 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޗީރޯ އިމޮބިލޭ ވަނީ ލާޒިއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ލާޒިއޯގެ ސާޖެއީ މިލިންކޮވިޗް-ސަވިޗަށް ޑޯޓްމުންޑުގެ ނީކޯ ޝުލްޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު ޑޯޓްމުންޑް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއްވަނައިގައެވެ. ފަސް މެޗުން ނުވަ ޕޮއިންޓާއެކު ދެވަނައިގައި ލާޒިއޯ އޮތްއިރު، ފަސް މެޗުން ހަތް ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ކުލަބު ބްރޫޖެވެ. އަދި ފުލުގައި އެންމެ ޕޮއިންޓަކާއެކު އޮތީ ޒެނިތެވެ.

ގްރޫޕް އެފްއިން ދެވަނަ ބުރުގެ ޖާގައެއ ޑޯޓްމުންޑް ހޯދިއިރު، ގްރޫޕް ޖީން ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ބާސެލޯނާ އާއި ޔުވެންޓަސް ވަނީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ. އެގޮތުން ފެރެންސްވަރޯސް އަތުން 3-0 ން ބާސާ މޮޅުވިއިރު، ޔުވެންޓަސް މޮޅުވީ ޑީނަމޯ ކިއެވް އަތުން ހަމަ މި ނަތީޖާއިންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު