Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމ އުޖާލާގެ ބަލާ ފާސްކުރި އޮޕަރޭޝަން

ފުލުހުން އިހުތިޖާޖު ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށަކަށް ހަދަނީ

ފިޔަވަޅު އެޅުމަށް ނިންމުމުން، އެކަމާ ދެކޮޅަށް ފުލުހުންގެ ބަޔަކު އިހުތިޖާޖު ކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޑިސެމްބަރު 2020 | ބުދަ 13:44
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

ފުލުހުން އެއްވެސް ބާވަތެއްގެ އިހުތިޖާޖެއް ކުރުމާއި، އިހުތިޖާޖު ތަކުގައި ބައިވެރިވުމަކީ ޤާނޫނީ ކުށަކަށް ހަދައި، އެ ކުށަށް އަދަބު ކަނޑައެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ހިމެނުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމައި އެކަން ބަޔާން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު މ އުޖާލާގެއަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބަޔަކު އާންމު މީހަކަށް އަނިޔާކުރި މައްސަލައިގައި ފިޔަވަޅު އެޅުމަށް ނިންމުމުން، އެކަމާ ދެކޮޅަށް ފުލުހުންގެ ބަޔަކު އިހުތިޖާޖު ކުރި މައްސަލަ ބެލުމަށްފަހު އާންމު ކުރި ކޮމިޓީ ރިޕޯޓުގައެވެ.

އެކަމާ ގުޅޭގޮތުން ފާހަގަވި ކަންކަން ބަޔާންކޮށް ކޮމިޓީން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ، އެ މައްސަލައިގައި 7 ފުލުހަކު ސަސްޕެންޑް ކުރުމަށް ނިންމުމާއެކު، ބައެއް ފުލުހުން ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށް އިޖުތިޖާޖެއް ފެށި ކަމަށެވެ. އަދި އެ މައްސަލަ ފާހަގަކުރެވިގެން ފުލުހުން ބެލި ބެލުމުން އެފަދައިން ފާހަގަވި އޮފިސަރުންނަށް ނަސޭޙަތް ދިން ކަމަށާއި، އޭގެ ތެރޭގައި ސީނިއަރ އެކި ލެވެލްގެ ފުލުހުންވެސް ހިމެނޭ ކަމަށް ކޮމިޓީ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

އޭގެ އިތުރުން، އެ ޙާދިސާއާ ގުޅިގެން އިޖުތިޖާޖުކުރި ފުލުހުންނަށް ނަސޭހަތް ދިނުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައި ނުވާކަންވެސް ކޮމިޓީ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. އަދި މި ކަންކަމަށް ރިޢާޔަތްކޮށް ކޮމިޓީން ވަނީ 3 ހުށައެޅުމެއް ހުށައެޅުމަށް ނިންމާފައެވެ.

އޭގެ ތެރެއިން އެއް ހުށައެޅުމަކީ އިޖުތިޖާޖު ކުރުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރު ހުށައެޅިފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލަށް ކަމާބެހޭ މާއްދާތައް އިތުރު ކުރުމެވެ. އަދި ދެވަނަ ހުށައެޅުމެއްގެ ގޮތުން، އެ މައްސަލައިގައި އިހުތިޖާޖު ކުރި ފުލުހުންގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީން) އަލުން ރިވިއުކޮށް ތަހުޤީޤު ކުރުމަށްފަހު، ކޮމިޝަނުގެ ތަހުޤީޤީ ރިޕޯޓެއް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށައެޅުމަށް އެންގުންވެސް ހިމެނެއެވެ.

އޭގެ އިތުރުން، 3 ވަނަ ހުށައެޅުމެއްގެ ގޮތުން ކޮމިޓީ ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ، އެއްވެސް ފުލުހަކު އެއްވެސް ބާވަތެއްގެ އިހުތިޖާޖެއް ކުރުމާއި، އެފަދަ ކަމެއްގައި ބައިވެރި ވުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށް ކަނޑައެޅުމާއި، އެކަމަށް އަދަބު ކަނޑައެޅުމެވެ. އަދި އެކަންކަން ތަންފީޒު ކުރާނެ ގޮތްތައް ފުލުހުންގެ ޚިދުމަތުގެ ބިލުގައި ހިމެނުންވެސް ކޮމިޓީގެ ހުށައެޅުންތަކުގައި ވެއެވެ.

މި ރިޕޯޓު މަޖިލީހަށް ހުށައަޅައި، ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަން ފާސް ކުރުމަށް އެދިފައިވާއިރު، ފުލުހުން އިހުތިޖާޖު ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަވަހަށް ތަހުޤީޤު ނިންމައި ކޮމިޓީއަށް އެކަމާ ގުޅޭ ރިޕޯޓު ފޮނުވުމަށް ކޮމިޓީންވެސް އެންއައިސީގައި އެދިފައިވެއެވެ. އެހެން ނަމަވެސް މި މައްސަލަ ކޮމިޓީން ނިންމުމާ ހަމައަަށްވެސް އެންއައިސީން ތަހުޤީޤު ނިންމައި ރިޕޯޓު ހުށައަޅާފައި ނުވާކަން ކޮމިޝަނުން ފާހަގަ ކޮށްފައިވެއެެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު