Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓީނުވާ މުއްދަތު ކުރު ކުރުން

ކަރަންޓީނުވާ މުއްދަތަކީ ދިހަ ދުވަސް ކަމަށް ކަނޑައަޅައިފި

އަމަލުކުރަން ފަށަނީ މި މަހުގެ 4 އިން ފެށިގެން

އަލީ ސަމާޚް
އަލީ ސަމާޚް | 2 ޑިސެމްބަރު 2020 | ބުދަ 08:39
މިހާރު ކަރަންޓީނުގައި ތިބި މީހުން 14 ދުވަސް ފުރިހަމަ ކުރަން ޖެހޭނެ

މިހާރު ކަރަންޓީނުގައި ތިބި މީހުން 14 ދުވަސް ފުރިހަމަ ކުރަން ޖެހޭނެ

އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަސް ކަމަށް ކަނޑައަޅައި އެކަން އިއުލާން ކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތު 10 (ދިހައެއް) ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި މުއްދަތަށް ފަހު ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުން ދޫކޮށްލާނެ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުންދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އެޗްޕީއޭ އިން ބުނީ، ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ އެކު ދަތުރުކުރެވޭނެ ކަމަށެވެ.

އެގޮތަށް ހެދޭ ޓެސްޓަށް ހަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތައް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުންނެވެ. ކަރަންޓީނުގެ 10 (ދިހައެއް) ދުވަހުގެ މުއްދަތު ހަމަޖައްސާނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތަކަށެވެ.

މި ތާރީހުގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކުރިން ކަނޑައެޅިފައިވާ ގޮތަށް 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ ޕީސީއާރު ޓެސްޓު ނެގެޓިވް ނަތީޖާއާ އެކުގައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު