Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަގަނޑޭ އާއި ސެންޓޭ ވެލެންސިއާއަށް ސޮއިކުރުން

ދަގަނޑޭ އާއި ސެންޓޭ ވެލެންސިއާއަށް

30 ނޮވެމްބަރު 2020 | ހޯމަ 18:30

ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި ވެލެންސިއާއިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ނޮވެމްބަރު 2020 | ހޯމަ 18:30
އަލީ ފާސިރު (ސެންޓޭ) (ކ) އަދި އަލީ އަޝްފާގު (ދަގަނޑޭ) (ވ)

އަލީ ފާސިރު (ސެންޓޭ) (ކ) އަދި އަލީ އަޝްފާގު (ދަގަނޑޭ) (ވ)

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކުލަބު ވެލެންސިއާއަށް ސޮއިކޮށްފިއެވެ.

ދަގަނޑޭ އާއި ސެންޓޭ ވެލެންސިއާއަށް ސޮއިކުރިކަން އެ ކުލަބުގެ އޮފިޝަލަކު ވަނީ "ރާއްޖެ.އެމްވީ" އަށް ކަށަވަރުކޮށްދީފައެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ވެލެންސިއާއިންނެވެ. ވެލެންސިއާގައި ހަތަރު އަހަރު ދަގަނޑޭ ހޭދަކުރިއިރު، އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި މި މުއްދަތުގައި ދަގަނޑޭ ވަނީ ވެލެންސިއާއަށް 104 ލަނޑު ޖަހައިދީފައެވެ.

އޭގެ ފަހުން ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ބްރޫނާއީގެ ޑީޕީއެމްއެމް އެފްސީ އާއި، ވީބީ އައްޑޫ އެފްސީ އަދި މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ ދަގަނޑޭ ވަނީ ކުލަބު ކެރިއަރުގައި މިހާތަނަށް 410 ލަނޑު ޖަހާފައެވެ.

ދަގަނޑޭއާއެކު ވެލެންސިއާއަށް ސޮއިކުރި ސެންޓޭ މިދިޔަ ސީޒަނުގައި ކުޅުނީ ކުލަބު އީގަލްސްއަށެވެ. މީގެ ކުރިންވެސް ވެލެންސިއާއަށް ކުޅުނު ސެންޓޭ ވަނީ އޭވައިއެލް އާއި، ނިއު ރޭޑިއަންޓާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ޓީސީއަށްވެސް ކުޅެފައެވެ. ސެންޓޭ ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

ދަގަނޑޭ އާއި ސެންޓޭ ކުރިއަށް އޮތް ސީޒަނުގައި ވެލެންސިއާއަށް ކުޅެން ނިންމިއިރު، މި ދެ ކުޅުންތެރިން ވަނީ މީގެ ކުރިން ތިން އަހަރަކު އެކުގައި ނިއު ރޭޑިއަންޓަށް ކުޅެފައެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް ވެލެންސިއާއިން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށިއިރު، މީގެ ކުރިން އެ ޓީމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި، ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު އަދި ހުނަރުވެރި މިޑްފީލްޑަރު އަޙްމަދު އިމާޒް (އާއްކޮ) ވެސް ގެނެސްފައެވެ. ވެލެންސިއާ މި ސީޒަނުގައި ކުޅޭނީ ކޯޗު މުޙައްމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުންނެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާއިރު، އެ ޓީމު އަލުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާއިރު، އައު ސީޒަނުގައި ވެލެންސިއާއިން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ކުލަބު ގްރީން ސްޓްރީޓްސްއާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް