Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވީއާރް ކެފޭ

ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރިއަލިޓީ ކެފޭ ހުޅުވައިފި

މި ކެފޭ ހުޅުއްވައި ދެއްވީ ޒުވާނުންގެ ވަޒީރު އަޙްމަދު މަޙްލޫފް

އަތޫފް އާތިފް
އަތޫފް އާތިފް | 30 ނޮވެމްބަރު 2020 | ހޯމަ 17:35
ވީއާރް ކެފޭ ޒުވާނުންގެ ވަޒީރު އަޙްމަދު މަޙްލޫފް ހުޅުވައިދެއްވަނީ

ވީއާރް ކެފޭ ޒުވާނުންގެ ވަޒީރު އަޙްމަދު މަޙްލޫފް ހުޅުވައިދެއްވަނީ

ފުރަތަމަ ފަހަރަށް ވާޗުއަލް ރިއަލިޓީ ކެފޭ ކޮންސެޕްޓަށް ރާއްޖޭގައި ކެފޭއެއް ހުޅުވައިފިއެވެ.

"ވީއާރް ކެފޭ" ގެ ނަމުގައި ހުޅުވި މިކެފޭ ހުޅުވައި ދެއްވީ ގާކޮށީގައި މި ކަމަށްޓަކައި ބޭއްވުނު ހަފްލާގައި ޒުވާނުންގެ ވަޒީރު އަޙްމަދު މަޙްލޫފެވެ.

ވީއާރް ކެފޭއިން ބުނީ މިއީ ރާއްޖޭގައި ވާޗުއަލް ރިއަލިޓީ ޓެކްނޮލޮޖީ ކޮންސެޕްޓަށް ހުޅުވުނު ފުރަތަމަ ކެފޭ ކަމަށާއި، ވީއާރް ކެފޭގެ އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދިވެހީންގެ ލޯތަށް ވާޗުއަލް ރިއަލިޓީ ޓެކްނޮލޮޖީއަށް ހުޅުވައިލުން ކަމަށެވެ.

ވީއާރް ކެފޭއިން ބުނީ އެ ކެފޭ ފަރުމާކޮށްފައިވާނީ އިންޑޯ އަދި އައުޓްޑޯ ބޭނުން ކުރެވޭނެހެން ކަމަށެވެ. އަދި އެ ކެފޭގެ އިންޑޯ ހާއްސަކޮށްފައިވާނީ ވީއާރް އެކްސްޕީރިއަންސަށް ކަމަށާއި، އައުޓްޑޯ ހާއްސަކޮށްފައިވާނީ ޑައިނިންގއަށް ކަމަށް ކެފޭއިން ވަނީ މައުލޫމާތު ދީފައެވެ.

މި ހަފުލާގައި ވާހަކަދައްކަމުން ޒުވާނުންގެ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މިފަދަ އައު ޓެކްނޮލޮޖީއެއް ޒުވާނުން ފަށައިގެން ކުރިޔަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދެކޭ ކަމަށާއި، މި މަސައްކަތް އެ ޒުވާނުން ފެށިއިރު ދަތި އުނދަގުލާއި ކުރިމަތިވި ކަން އެނގިލައްވާ ކަމަށާއި، އެކަމަކު މިއަދު މިތަން ހުޅުވިގެންދިޔައިރު ވީއާރް ކެފޭ ހުޅުވި ޒުވާނުންގެ ފަރާތުން އެހެން ޒުވާނުން ނަމޫނާ ނަގަންވާނެ ކަމަށެވެ. އަދި ވީއާރް ޓެކްނޮލޮޖީއަކީ ވަރަށް ތަފާތު ކޮންސެޕްޓެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވީއާރް" އަކީ ވަކި ހާއްސަ އާލާތެއް ބޭނުންކޮށްގެން ދުނިޔެވީ ނޫން މަންޒަރުތަކެއް މީހުންނަށް ދައްކުވައިދޭ ވަސީލަތެކެވެ. އަދި މި ވަސީލަތް މެދުވެރިކޮށް ފެންނަ މަންޒަރުގައިވާ ތަކެތި ބޭނުން ކުރެވޭނެއެވެ. އާންމުކޮށް މި ވަސީލަތް ބޭނުން ކުރަނީ ވީޑިއޯ ގޭމް ކުޅުމަށެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު