Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ކުރީގެ އެމްޑީ ޒިޔަތު

ދައުލަތުން އެދުނީ ޒިޔަތަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވުމަށް

30 ނޮވެމްބަރު 2020 | ހޯމަ 17:23

ތަހުޤީޤަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުނެ ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށައެޅި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ނޮވެމްބަރު 2020 | ހޯމަ 17:23
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު- ޒިޔަތު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އަނބުރާ ގެންގޮސްފައި

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު- ޒިޔަތު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އަނބުރާ ގެންގޮސްފައި

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލާފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުއާއެކު ދައުލަތުން ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވުމަށް ދައުލަތުން އެދިއްޖެއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އެއާއެކު އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދިފައިވާ ކަމަށް އޮންލައިން ނޫސް "ސަން" ގައި ރިޕޯޓް ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ޅ. މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޙުކުމް ކޮށްފައެވެ. އަދި އެ ޙުކުމް ޒިޔަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދު ކޮށްފައެވެ. އެއާއެކު ޒިޔަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މި މައްސަލައިގައި މި ހިނގާ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޒިޔަތު ވަނީ އިސްތިއުނާފް އަނބުރާ ގެންދަން ބޭނުންވާ ކަމަށާއި، އިސްތިއުނާފް ޙައްޤު ދޫކޮށްލަން ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ބުނެފައެވެ. އަދި ދައުލަތާއެކު މި މައްސަލައިގައި އެއްބާރުލުންދީގެން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ޒިޔަތު ބުނެފައިވެއެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުންވެސް ވަނީ ޒިޔަތުއާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ޅ. މާބިންހުރާ ޙިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމާ ގުޅޭ މައްސަލަ ހިމެނޭ ގޮތަށް އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށްވެސް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ ތަހުޤީޤަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުނެ ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށައެޅިކަން ޕީޖީ އޮފީހުގެ ވަކީލާ އެ ދުވަހުގެ އަޑުއެހުމުގައި ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، އަންނަ އާދިއްތަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރުމަށް ވަނީ ނިންމާފައެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބުއަށްވެސް ވަނީ ދައުލަތާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް