Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުން

ކޮވިޑް-19ގެ މި ދަނޑިވަޅުގައި އިސްލާމީ އުއްމަތް އެއްބައިވަންތަވާންޖެހޭ - ޝާހިދު

30 ނޮވެމްބަރު 2020 | ހޯމަ 08:57

މިނިސްޓަރު ވަނީ މުސްލިމް އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކަށް އަލިއަޅުވާލައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ނޮވެމްބަރު 2020 | ހޯމަ 08:57
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ކޮވިޑް-19ގެ މި ދަނޑިވަޅުގައި އިސްލާމީ އުއްމަތް އެއްބައިވަންތަވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރ ޝާހިދު މިކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނީޖަރ ގެ ވެރިރަށް ނިއާމޭއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ޝާހިދު ވަނީ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ.

Advertisement - newsAdvertisement

ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ މުސްލިމް އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރޮހިންޔާ މުސްލިމުންނާއި، ފަލަސްތީނުގެ މުސްލިމުންނަށް ދިމާވެފައިވާ ޙާލަތުގެ އިތުރުން، ހުޅަނގު ސަހާރާގައި ހިނގަމުންދާ ކަންކަމާއި އަދި ޓެރަރިޒަމްގެ އަމަލުތަކާ އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ އަމަލުތަކާ ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި ކޮވިޑް-19ގެ މި ދަނޑިވަޅުގައި އިސްލާމީ އުއްމަތް އެއްބައިވަންތަވުމަށްވެސް މިނިސްޓަރ ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ބައެއް މައްސަލަތަކާ ގުޅޭ ޤަރާރުތަކާއި ނިންމުންތައް ފާސްކޮށް، ކުރިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރެވެމުންދާ ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި އޯއައިސީގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޗާޑްގެ ކުރީގެ ޚާރިޖީ ވަޒީރު ޙިސެއިން ބްރާހިމް ތާހާ ވަނީ އިންތިޚާބުކޮށްފައެވެ. އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު، މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޑރ އުތައިމީންގެ ދަތުރު ހަމަވުމުންނެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާ، ތުރުކީ، ޕާކިސްތާން، މޮރިޓޭނިއާ، ސެނެގާލް އަދި ދަ ގެމްބިއާގެ ޚާރިޖީ ވަޒީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޔޫއޭއީ، އިންޑޮނީޝިއާ، ޔޫގަންޑާ، މޮޒަމްބީކް އަދި މޮރޮކޯއިން މި ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރިންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރިޔާޟްގައި ޓްރާންސިޓް ކުރެއްވިއިރު ސަޢޫދީ ޢަރަބިއްޔާގެ އިސް ބައެއް ބޭފުޅުންނާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އެގޮތުން ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢޫދު އާއި ސަޢޫދީގެ ޓޫރިޒަމް މިނިސްޓަރ އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗެއަރމަން އަޙްމަދު އާޤިލް އަލް-ޚަޠީބް އާއި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުޙައްމަދު އަލްޢީސާ އާ މިނިސްޓަރ ބައްދަލުކުރެއްވިއެވެ. ނީޖަރ އަށް ވަޑައިގެންނެވި ދަތުރުފުޅުގައި ސަޢޫދީގައި ޓްރާންސިޓްކުރެއްވުމަށްފަހު މިނިސްޓަރ ނީޖަރއަށް ދަތުރުފުޅުކުރެއްވީ ސަޢޫދީ ޚާރިޖީ ވަޒީރުގެ އަރިހުގައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު ސައޫދީ ސަރުކާރަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.

މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2017

ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ

25 ނޮވެމްބަރު 2017
ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ
15 ނޮވެމްބަރު 2017

އިސްލާމީ ވެރިއަކު ވިދާޅުވެގެން ނުވާނެ އެތައް ބަސްފުޅެއް ރައީސް ޔާމިން ވިދާޅުވެފައިވޭ: ޑރ. މަޖީދު

15 ނޮވެމްބަރު 2017
އިސްލާމީ ވެރިއަކު ވިދާޅުވެގެން ނުވާނެ އެތައް ބަސްފުޅެއް ރައީސް ޔާމިން ވިދާޅުވެފައިވޭ: ޑރ. މަޖީދު
11 އޯގަސްޓު 2017

އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް

11 އޯގަސްޓު 2017
އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް
30 ޖުލައި 2017

ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ

30 ޖުލައި 2017
ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ
04 ޖުލައި 2017

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

04 ޖުލައި 2017
 އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު
03 ޖޫން 2017

ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން

03 ޖޫން 2017
ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް