Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޤާލީ އިންސާފުގެ ބިލް

ކޯޓަކުން ބޮޑު ޤާނޫނީ ނުބައެއް ހަދާފައިވާނަމަ އިންތިޤާލީ އިންސާފުގެ ދަށުން އެކަން އަލުން ރިވިއު ކުރެވިދާނެ: އިންތި

ދައުވާ ނުކުރުމަށް ނިންމާފައިވާ ބައެއް ނިންމުންތައް ބަދަލު ކުރުމުގެ ބާރުވެސް މި ބިލުގެ ދަށުން ލިބިދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2020 | އާދީއްތަ 18:44
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ- އިންތި ވިދާޅުވީ، ބިލުގެ މަސައްކަތް ކުރިއިރު ރައްޔިތުންގެ ޝުއޫރުތަކަށް ރިއާޔަތް ކުރައްވާފައިވާނެ ކަމަށް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ- އިންތި ވިދާޅުވީ، ބިލުގެ މަސައްކަތް ކުރިއިރު ރައްޔިތުންގެ ޝުއޫރުތަކަށް ރިއާޔަތް ކުރައްވާފައިވާނެ ކަމަށް

ކޯޓަކުން ބޮޑު ޤާނޫނީ ނުބައެއް ހަދާފައިވާނަމަ އިންތިޤާލީ އިންސާފުގެ ދަށުން އެކަން އަލުން ރިވިއު ކުރެވިދާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އިންތިޤާލީ އިންސާފު މުހިއްމުވާ އެއް ކަމަކީ ކަމެއް ހިނގައި ދިޔަ ގޮތް ދެނެގަނެ، ދައުލަތެއްގެ ނަމުގައި އެކަން ޤަބޫލުކޮށް، ގޯސްކޮށް ކަމެއް ވެފައިވާނަމަ އެކަންވެސް ޤަބޫލުކޮށް ކަން ހިނގާފައިވާ ގޮތް އެނގުމުގެ ޙައްޤު ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ކޯޓުގައި ނިމިފައިވާ މައްސަލަތައްވެސް ބެލުމުގެ ފުރުސަތު މި ބިލުގެ ދަށުން ލިބިގެންދާނެކަން އިންތި ފާހަގަ ކުރެއްވިއެވެ. އެގޮތުން އެކަންކަން އޮންނާނީ ވަކި އުސޫލުތަކެއްގެ ތެރޭގައި އިންތިޒާމުވެފައިކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވީ، މަތީ ކޯޓުތަކުން ނިންމާ ނިންމުންތައްވެސް ރިވިއު ކުރުމުގެ ޙައްޤު މިހާރުވެސް ލިބިދޭ ކަމަށެވެ. އަދި ކުރީގެ ނިންމުންތަކުގެ ތެރެއިން ބޮޑު ޤާނޫނީ ނުބައެއް ހަދާފައިވާ މައްސަލައެއް ނަމަ އެކަންކަމަށް އަލުން ރިއާޔަތް ކުރުމުގެ ފުރުސަތު މި ބިލުގެ ދަށުން ލިއްބައިދޭކަން އިންތި ފާހަގަ ކުރެއްވިއެވެ.

އިންތި ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާ ބައެއް ނިންމުންތައް ބަދަލު ކުރުމުގެ ބާރުވެސް މި ބިލުގެ ދަށުން ލިބިދޭ ކަމަށެވެ. އެހެން ނަމަވެސް މި ހުރިހާ ކަމެއްވެސް އޮންނާނީ ވަކި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިކަން އިންތި ފާހަގަ ކުރެއްވިއެވެ.

އިންތި ވިދާޅުވީ، މި ބިލު ދިރާސާ ކުރަމުންދިޔައިރު، ރައްޔިތުންގެ ޙިޔާލާއި މަޝްވަރާއަށްވެސް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެކި އާއިލާތަކަށް ލިބިފައިވާ ގެއްލުންތަކުގެ ވާހަކައަކީ ޒަމާނުއްސުރެ ރައްޔިތުންގެ ކިބައިން އިވިފައިވާ ވާހަކައެއްކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވީ، އެމްޑީޕީން އިންތިޤާލީ އިންސާފު ޤާއިމު ކޮށްދޭނެ ކަމުގެ ވައުދުވެސް ވެފައިވަނީ ރައްޔިތުންގެ ޝުއޫރުތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

މިނިވަން މުއައްސަސާތަކަށް މީހުން އައްޔަނު ކުރުމާ ގުޅޭގޮތުން ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ، ކުރިއާ ޚިލާފަށް މިނިވަން މުއައްސަސާތަކަށް މީހުން އައްޔަނު ކުރާއިރު، ކަމުގެ ޤާބިލިއްޔަތުކަމާއި، ތައުލީމީ ފެންވަރުގެ އިތުރުން، އެމީހެއްގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާ ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު