Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫން

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ފާސްކޮށްފި

29 ނޮވެމްބަރު 2020 | އާދީއްތަ 09:04

ޝަރީޢަތް މެދުވެރިކޮށް ފައިސާ ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބޭ ގޮތް ހެދުންވެސް ހިމެނޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 29 ނޮވެމްބަރު 2020 | އާދީއްތަ 09:04
މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމާއި ބެހޭ ބިލަށް ކޮމިޓީން ގެނައި މުހިއްމު އިސްލާހުތަކާއި އެކު ފާސްކޮށްފިއެވެ.

މި ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާއި އެކު ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 56 މެންބަރުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ، ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ޤާނޫނީ ޝަޚްސަކުން، ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ލާޒިމުކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތް ހެދުމަށްޓަކަައެވެ.

މި ބިލު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ އެއްވެސް ޓެކުހަކާ ގުޅޭ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް އަދަދެއް، ދައުލަތަށް ނުދައްކައި އޮވެއްޖެ ނަމަ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދުމަށްޓަކައި، ޝަރީއަތަށް މައްސަލަ ހުށައަޅައިގެން މީރާއަށް އެ ފައިސާ ހޯދޭ ގޮތަށް އިސްލާހު ހުށައަޅާފައެވެ.

އަދި ޝަރީއަތުން މި ފަދަ މައްސަލައެއް ބަލާއިރު، ޓެކްސް ދައްކަން ޖެހި، ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެސް އަދި ދައްކަން ޖެހޭ އަދަދުގެ ތަފްސީލު ހިމެނޭ، ކޮމިޝަނަރ އޮފް ޓެކްސްސޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ އެ އަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމަށާއި ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްގެ ކަމުގައި ފުދޭނެ ކަމަށްވެސް ވެއެވެ.

އޭގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޓެކުހާ ގުޅޭ މުޢާހަދާތަކާއި، ޓެކުހާ ގުޅޭ އެ ނޫން ވެސް އެއްބަސްވުންތަކުގެ ދަށުން ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ޓެކުހާގުޅޭ އިދާރާއާއެކުގައި ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމާއި، ބަދަލުކުރެވޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައް ވެސް ތަފްސީލީ ގޮތެއްގައި މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް