Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޝިޕިންގ އޭޖެންސީއާބެހޭ ގަވާއިދު ގެޒެޓްކުރުން

ރާއްޖޭގެ ޝިޕިންގ އެޖެންޓުންނަށް ލައިސަންސް ދޫކުރަނީ 5 އަހަރަށް، 500 ރުފިޔާގެ ފީއަކަށް

28 ނޮވެމްބަރު 2020 | ހޮނިހިރު 04:51

ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ލައިސަންސް ހޯދަންޖެހޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 ނޮވެމްބަރު 2020 | ހޮނިހިރު 04:51
ރާއްޖޭގެ ޝިޕިންގ އެޖެންސީއާބޭހޭ ގަވާއިދު ގެޒެޓްކޮށްފައި ވަނީ ނޮވެމްބަރ 26 ވަނަ ދުވަހު

ރާއްޖޭގެ ޝިޕިންގ އެޖެންސީއާބޭހޭ ގަވާއިދު ގެޒެޓްކޮށްފައި ވަނީ ނޮވެމްބަރ 26 ވަނަ ދުވަހު

ރާއްޖޭގެ ޝިޕިންގ އެޖެންޓުންނަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށް، ރާއްޖޭގެ ބަނދަރުތަކަށް އަންނަ އާގުބޯޓުފަހަރަށް ފޯރުކޮށްދޭ ޝިޕިން އެޖެންސީގެ ހިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ، ޝިޕިން އެޖެންސީއާބެހޭ ގަވާއިދު ބުނެފިއެވެ.

ޝިޕިންގ އެޖެންސީއާބެހޭ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ރާއްޖޭގެ ސަރަހައްދުގައި، މި ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ހ) ބަޔާންކުރާ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކަށް ހިންގޭނީ ލައިސަންސް ހޯދުމަށްފަހުކަމުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ލައިސަންސް ހޯދަންޖެހެއެވެ. އެގޮތުން، ޝިޕިންގ އޭޖެންސީގެ ލައިސަންސް ހޯދުމަށްޓަކައި ފުރިހަމަކޮށްފައިވާ "ޝިޕިންގ އޭޖެންސީ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު" މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ.

މި ލައިސަންސް ދޫކުރެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މި ވިޔަފާރިތަކަކީ މި ލައިސަންސްގެ މުއްދަތުގެ ތެރޭގައި 100 އިންސައްތަ ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނި ނުވަތަ ޕާޓްނަރޝިޕް ކަމުގައި ވާންޖެހެއެވެ.

މި ގަވާއިދުގެ ދަށުން ޝިޕިންގ އެޖެންޓްކަން ކުރުމަށް ދޫކޮށްފައިވާ ލައިސަންސް، އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެކަމަށް ގަވާއިދުގައި ބުނެފައިވާއިރު، މި ގަވާއިދުގެ ދަށުން ޝިޕިންގ އެޖެންޓުކަން ކުރުމުގެ ލައިސަންސް ދޫކުރުމުގައި، ލައިސަންސް ހޯދަން އެދޭ ފަރާތަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފައިވާ ފަރާތެއްނަމަ، އެފަރާތަކަށް މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭނީ، އެ ފަރާތުން އެ މައްސަލައެއް ހައްލުކުރުމަށް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހަޅައިގެން އެ ކަމެއް ހައްލު ކުރުމުން ކަމަށް ގަވައިދުގައިވެއެވެ.

މި ލައިސަން ފަސް އަހަރުގެ މުއްދަތަކަށް ދޫކުރާއިރު، ލައިސަންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ ފީ ދެއްކުމުންނެވެ. ލައިސަންސްގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަހަރަކަށް 100 ރުފިޔާގެ މަގުން 500 ރުފިޔާއެވެ.

ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނާއިރު، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން، ލައިސަންސް އައު ކުރުމަށް ހުށަހަޅާފައި ނުވާނަމަ، ލައިސަންސް އައު ކުރެވޭނީ، ލައިސަންސް ފީ ގެ އިތުރުން، 250 ރުފިޔާ ދެއްކުމުންނެވެ.

ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު ގެޒެޓްކުރެވުނު މިގަވައިދުގެ ދަށުން އާގުބޯޓުފަހަރު ރާއްޖޭގެ ބަނދަރުތަކަށް އައުމާއި ފުރުވުމާ ބެހޭ ހުރިހާ ކަންތައްތަކެއް ހަމަޖައްސައިދޭ ފަރާތްތަކަށް މި ގަވައިދު ހިނގާނެއެވެ.

ރާއްޖޭގެ ބަނދަރުތަކަށް އައިސްގޮސްވާ އާގުބޯޓުފަހަރަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޝިޕިންގ އެޖެންޓުން ޕްރޮފެޝަނަލް ފެންވަރެއްގައި ޒިންމާދާރުކަމާއެކު ހިދުމަތް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލި މިގަވައިދު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހިންގާއިރު، މި ގަވައިދަށް އިސްލާހުގެނައުމުގެ ބާރާއި ތަންފީޒުކުރުމުގެ ބާރު ލިބިގެންވަނީވެސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް