Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެސްޓްރަޒެނިކާ ކޮވިޑް ވެކްސިން

ތައިލޭންޑުން އެސްޓްރަޒެނިކާ ކޮވިޑް ވެކްސިންގެ 26 މިލިއަން ޑޯޒް އޯޑަރުކޮށްފި

27 ނޮވެމްބަރު 2020 | ހުކުރު 17:53

ކޮވިޑު ވެކްސިންގެ ޤާބިލުކަން އެންމެ ކުޑަމިނުން 50 އިންސައްތައިގައި ހުންނަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ނޮވެމްބަރު 2020 | ހުކުރު 17:53
ތައިލޭންޑުގެ ސިއްޙަތާ ބެހޭ ވުޒާރާއިން އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާ ފާމަސޫޓިކަލް ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއި ކުރަނީ

ތައިލޭންޑުގެ ސިއްޙަތާ ބެހޭ ވުޒާރާއިން އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާ ފާމަސޫޓިކަލް ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއި ކުރަނީ

އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ 26 މިލިއަން ޑޯޒް ތައިލޭންޑުން ޕްރީ-އޯޑަރ ކޮށްފިއެވެ.

"ސްޕަޓްނިކް ނިއުސް" ގައި ރިޕޯޓްކޮށްފައިވާ ގޮތުން ތައިލޭންޑުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ހުކުރު ދުވަހު އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާ ފާމަސޫޓިކަލް ކުންފުންޏަކާއެކު އެކަމާ ގުޅޭ ޚާއްސަ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އެގޮތުން މި 26 މިލިއަން ޑޯޒް ހޯދުމަށް ވެވުނު އެއްބަސްވުމަކީ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ޤައުމުގެ 13 މިލިއަން މީހުންގެ އާބާދީއަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެކެވެ.

އެކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔޫތް ޗަނޯޗާ ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ބަލާއިރު ކޮވިޑު ވެކްސިންގެ ޤާބިލުކަން އެންމެ ކުޑަމިނުން 50 އިންސައްތައިގައި ހުންނަން ޖެހޭ ކަމަށެވެ. އަދި އެސްޓްރަޒެނިކާ ކޮވިޑް ވެކްސިންއިން 70 އިންސައްތަ ރައްކާތެރިކަން ލިއްބައިދޭކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބަލާއިރު އެސްޓްރަޒެނިކާގެ ވެކްސިން އެކަށީގެންވާ ކަމަށެވެ.

އޭގެ އިތުރުން، އެސްޓްރަޒެނިކާގެ ވެކްސިން ރައްކާ ކުރަންޖެހޭ މިންގަނޑުތަކަށް ބަލާއިރުވެސް، އެހެން ކުންފުނިތަކުން އުފައްދަމުން ގެންދާ ވެކްސިންއާ އަޅާކިޔާއިރު، އެސްޓްރަޒެނިކާ ވެކްސިން ރައްކާ ކުރަންޖެހޭ ފިނިހޫނުމިނަކީ ތައިލޭންޑުގެ ފިނިހޫނުމިނާވެސް އެކަށީގެންވާ މިންގަނޑެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ތައިލޭންޑުގެ ވަޒީރުންގެ މަޖިލީހުން މީގެ ހަފްތާއެއް ކުރިން ވަނީ ކޮވިޑު ވެކްސިން ލިބިގަތުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް 200 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައެވެ.

އެސްޓްރަޒެނެކާއިން ދާދި ފަހުން ވަނީ އެ ކުންފުނިން އިނގިރޭސިވިލާތާއި ބްރެޒިލްގައި ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރަޔަލްގެ ފޭސް ތިނެއްގެ އިންޓަރިމް ނަތީޖާތައް ދައްކާ ގޮތުން ކޮރޯނާ ވައިރަސްއިން ދިފާއު ކުރުމުގައި ވެކްސިން 70.4 އިންސައްތަ ކާމިޔާބު ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2017

ތޫފާން އިރްމާ: ފްލޮރިޑާ ސްޓޭޓުގެ 6.5 މިލިއަން ގެތަކުގައި ކަރަންޓްގެ ޚިދުމަތް ނެތް

12 ސެޕްޓެމްބަރު 2017
ތޫފާން އިރްމާ: ފްލޮރިޑާ ސްޓޭޓުގެ 6.5 މިލިއަން ގެތަކުގައި ކަރަންޓްގެ ޚިދުމަތް ނެތް
09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް