Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ އޮޕަރޭޝަން

ފުލުހުން ހިންގާ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި

25 އެޕްރީލު 2017 | އަންގާރަ 01:46

އެނބޫ ގޯޅިން ހައްޔަރުކޮށްފައިވަނީ ފިރިހެނެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 25 އެޕްރީލު 2017 | އަންގާރަ 01:46
ހޯމަ ދުވަހުގެރޭގެ އޮޕަރޭޝަންގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ހޯމަ ދުވަހުގެރޭގެ އޮޕަރޭޝަންގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

މއ. ކިނާރާ ހައުސްއަށް ފުލުހުން ވަދެ، އެ ގެ ހުންނަ ސަރަޙައްދު ބަންދުކޮށްގެން ހޯމަ ދުވަހުގެރޭ ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ފިރިހެނެކެވެ.

Advertisement - newsAdvertisement

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުން ބަލައި ފާސްކުރި މއ. ކިނާރާ ހައުސް ކުރިމަތީގައި އޮންނަ އެނބޫ ގޯޅީގައި ހުރި ބިދޭސީން ގެންނަ އޭޖެންސީއެއްގެ އޮފީހުންނެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ފާސްކުރި މއ. ކިނާރާ ހައުސްގެ އެޕާޓްމަންޓް 5B އަކީ އެ އޮފީހުގެ ވެރިމީހާ ދިރިއުޅޭ އެޕާޓްމަންޓެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ އެ އޮފީހުގެ ވެރިޔާކަން އަދި ކަށަވަރެއް ނުކުރެވެއެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ފުލުހުން އެމީހާ ގޮވައިގެން އެ އޮފީހަށް ވަދެ އެތަން ބަލައި ފާސްކޮށް، އެތަނުން ބައެއް ތަކެތިވެސް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިސަރަކު ހޯމަ ދުވަހުގެރޭ ހާމަކޮށްފައިވާ ގޮތުގައި، ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި، ފުލުހުންދަނީ، މާލޭގެ ބައެއް ތަންތަނަށް ވަދެ ބައެއް މީހުންވެސް ހައްޔަރުކުރަމުންނެވެ. އެ އޮފިސަރ ވިދާޅުވީ މި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު އަންގާރަ ދުވަހު އާންމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން ޚާއްސަ އޮޕަރޭޝަން އެއް ފަށައި، މާލެތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެފައިވާއިރު، މާލެތެރެ ބެލެހެއްޓުމަށް ނެރެފައިވާ އިތުރު ފުލުހުންގެ ތެރޭގައި ތަޖުރިބާ ނެތް، ފުލުހުންގެ ޚިދުމަތަށް އައު ފަރާތްތައް ގިނަކަން ފާހަގަކުރެވެއެވެ.

ފުލުހުން މިފަދަ އޮޕަރޭޝަންއެއްފަށައި، މީހުންނާއި ތަންތަން ބަލައި ފާސްކުރަން ފަށާފައި މިވަނީ މަޝްޙޫރު ބްލޮގަރ އަދި އެކްޓިވިސްޓް ޔާމީން ރަޝީދު، ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށެވެ. އެ ޖަރީމާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް