Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޔޫގެ ސްޓްރެޓިޖިކް ޕްލޭން

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެމްއެންޔޫއިން، ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވައިލައިފި

ޕްލޭން ހިންގަން ހަމަޖެހިފައި ވަނި 2020 ވަނަ އަހަރުން 2025 ވަނަ އަހަރާ ހަމައަށް ފަސް އަހަރަށް ބަހާލައިގެން

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 26 ނޮވެމްބަރު 2020 | ބުރާސްފަތި 07:45
އެމްއެންޔޫގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހް ކުރުން

އެމްއެންޔޫގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހް ކުރުން

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވައިލައިފިއެވެ.

ބުރާސްފަތި ދުވަހު އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ.

Advertisement - newsAdvertisement

އެމްއެންޔޫއިން އެންމެ ފަހުން ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލައި އަމަލުކޮށްފައި ވަނީ 2013 އިން 2017 ވަނަ އަހަރުގެ ނިޔަލަށެވެ.

އައު ސްޓްރެޓެޖިކް ޕްލޭން ހިންގަން ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުން 2025 ވަނަ އަހަރާ ހަމައަށް ފަސް އަހަރަށް ބަހާލައިގެންނެވެ. މި ޕްލޭންގެ ދަށުން ފަސް އަހަރުގެ މައްޗައް ލަނޑުދަނޑިތައް ބަހާލެވިފައި ވަނީ މައިގަނޑު 10 މާއްދާއަކަށެވެ.

އޭގެ ތެރޭގައި އުނގަންނައި ދިނުމުގައި އެންމެ މަތީ ހަރުފަތަށް ވާސިލުވުމާއި، ދިރާސާ ކުރުމާއި އުފެއްދުންތެރިކަމުގައި ލާމަސީލު ނަމޫނާއަކަށް ވުމާއި، ދިވެހިންގެ އަމިއްލަކަން ކުރިއެރުވުމާއި، ފެންވަރު ރަނގަޅު މީހުން ބިނާ ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރު ކުރުމާއި، މީހުން ހަރުދަނާ ކުރުމާ އިސްނެގުމާ ނަމުނާ ދައްކާ ބަޔަކަށް ވުން ހިމެނެއެވެ.

މީގެ އިތުރުން ފުޅާ ދާއިރާއެއްގައި މުޖްތަމައުއާއި ގުޅުން ބަދަހި ކުރުމާއި، މަސައްކަތް ކުރާނެ ރަނގަޅު ވެއްޓެއް ގާއިމްކުރުމާއި، ދަރިވަރުން ކާމިޔާބު ބަޔަކަށް ހެދުމާ ބާރުވެރި ކުރުމުގެ އިތުރުން ގައުމީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުން ބަދަހި ކުރާ ބަޔަކަށް ވުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިތުރުން އެމްއެންޔޫގެ ޗާންސެލަރ ޑރ. ހަސަން ހަމީދް އާއި ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް އާއި ޑެޕިޔުޓީ ވައިސް ޗާންސެލަރ ޑރ. ހުސެއިން ހަލީމްގެ އިތުރުން އެމްއެންޔޫގެ އިސްވެރިން ބައިވެރި ވަޑައިގެންފައިވެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު