Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރުގްޔާގެ ނަމުގައި ބަޔަކަށް އަނިޔާކުރި މައްސަލަ

ދީނުގެ ނަމުގައި ހިންގާ ލާއިންސާނީ އަމަލުތައް ބަލައެއް ނުގަނެވޭނެ: ޖެންޑަރ މިނިސްޓަރު

އަނިޔާކުރި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ދަނީ ބަލަމުން

އަލީ ސަމާޚް
އަލީ ސަމާޚް | 25 ނޮވެމްބަރު 2020 | ބުދަ 14:04
ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

އިސްލާމްދީނުގެ ނަމުގައި އޮޅުވާލައުގެން ހިންގަމުންދާ ލާއިންސާނީ ކަންތައްތަކަކީ އެއްވެސް ވަރަކަށް ތަހައްމަލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށާފައި ވަނިކޮށެވެ.

Advertisement - newsAdvertisement

އެ މައްސަލައަށް އިޝާރާތްކުރައްވާ ޖެންޑަރ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ އެއްވެސް ކަމެއް ހިނގަމުންދާކަން އެނގޭނަމަ ވީހާވެސް އަވަހަށް ރިޕޯޓް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެފަދަ ކަންތައްތަކަށް ހޭލުންތެރިވެ މުޖުތަމައުގެ އެންމެން އެކަތިގަނޑަކަށްވެގެން އަނިޔާއަށް ނޫނެކޭ ބުނަން މިނިސްޓަރު ގޮވައިލެއްވިއެވެ.

އޮންލައިން ނޫސް "މިހާރު" ގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެ މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުޤްޔާ ކުރާ މީހާގެ އިތުރުން، އޭނާ ފަހުން ކައިވެނިކުރި ފިރިމީހާވެސް ހިމެނެއެވެ. އެގޮތުން ގޭގައި ބަންދުކޮށްގެން އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާއިރު، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަންވެސް އަންހެން މީހާއާއި އޭނާގެ އާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރެއެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ނިންމާފައިވާއިރު، ކަމާއި ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ބުދަ ދުވަހުގެރޭ 20:30 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ކޮމިޓީ ބައްދަލުވުމަށް ޖެންޑަރ މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ފުލުހުންގެ އިތުރުން، އެޗްއާރްސީއެމް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު