Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގުގެ ނައުއެމްވީ އެޕް

ދިރާގުގެ ނައުއެމްވީ އެޕް: މިހާރު ފަސޭހަކަމާއެކު އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ

24 ނޮވެމްބަރު 2020 | އަންގާރަ 19:29

މި އެޕް މެދުވެރިކޮށް ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިން ތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ނޮވެމްބަރު 2020 | އަންގާރަ 19:29
ދިރާގުން ބުނީ މި ދުވަސްވަރަކީ ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ދިރިއުޅުމުގެ ގިނަ ކަންތައް ކުރަން ޖެހިފައިވާ ދުވަސްވަރެއްކަމަށް

ދިރާގުން ބުނީ މި ދުވަސްވަރަކީ ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ދިރިއުޅުމުގެ ގިނަ ކަންތައް ކުރަން ޖެހިފައިވާ ދުވަސްވަރެއްކަމަށް

ދިރާގުން މިއަހަރު އަލަށް ތަޢާރަފުކުރި ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން ކަމަށްވާ "ނައުއެމްވީ" މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު އެންޖީއޯ ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ މި ޚާއްސަ ފީޗަރ މެދުވެރިކޮށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިންތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

"ނައުއެމްވީ" ގެ ޑޮނޭޝަން ފީޗަރއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ބިޒްނަސް ޑިވަލޮޕްމެންޓް މެނޭޖަރ އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ އެންޖީއޯ ތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށްވެސް ޝިނާއު ވަނީ ވިދާޅުވެފައެވެ.

މި އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ދިރާގުޕޭ މެދުވެރިކޮށް ކަމަށް ބުނެ ދިރާގުން ބުނީ މި އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗަރސްތައް އެކުލެވިގެންވާ އެޕްލިކޭޝަނެއް ކަމަށެވެ.

ދިރާގުން އިތުރަށް ބުނީ މި ދުވަސްވަރަކީ ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ދިރިއުޅުމުގެ ގިނަ ކަންތައް ކުރަން ޖެހިފައިވާ ދުވަސްވަރަކަށް ވީ ހިނދު، ދިރާގު "ނައުއެމްވީ" އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި، އެއް ތަނަކުން ފަސޭހަކަމާއެކު، މި ހުރިހާ ކަމެއް ކުރެވޭނެ ފަދަ ނިޒާމެއް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

މިހާތަނަށް މި އެޕްގައި 4 އެންޖީއޯ އެއް ވަނީ ލިސްޓް ކުރެވިފައެވެ. އަދި މީގެން ކޮންމެ އެންޖީއޯ އަކުންވެސް ވަނީ ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފައިއެވެ.

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2017

މިހާރު މާ ސަޅި، އޯޑަރުކޮށްލުމުން ކޮކާކޯލާގެ އުފެއްދުންތައް ގެއަށް

16 ސެޕްޓެމްބަރު 2017
މިހާރު މާ ސަޅި، އޯޑަރުކޮށްލުމުން ކޮކާކޯލާގެ އުފެއްދުންތައް ގެއަށް
25 އޯގަސްޓު 2017

ދިރާގުގެ "އާރްބީ ކުއެސްޓް" ކުޅެގެން ޔޫރަޕަށް

25 އޯގަސްޓު 2017
ދިރާގުގެ "އާރްބީ ކުއެސްޓް" ކުޅެގެން ޔޫރަޕަށް
15 އޯގަސްޓު 2017

ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި

15 އޯގަސްޓު 2017
ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
24 ޖުލައި 2017

ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ

24 ޖުލައި 2017
ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
09 އެޕްރީލު 2017

ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

09 އެޕްރީލު 2017
ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް