Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްވެއުޅުމުގެ މިނިވަންކަމުގެ ބިލް

އެއްވެއުޅުމުގެ ގާނޫނު އިސްލާހުކުރީ އެންމެންގެ ހައްގުތަކަށް ބެލުމަށްފަހު: މެމްބަރުން

މިހާރު އޮންނަ ގޮތުން އެއްވެ އުޅުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަންޖެހޭ، އެއްވެ އުޅެވެނީ އަލިމަސް ކާނިވާ ސަރަހައްދުގައި އެކަނި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ނޮވެމްބަރު 2020 | އަންގާރަ 17:28
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މުޒާހަރާއެއްގެ ތެރެއިން

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މުޒާހަރާއެއްގެ ތެރެއިން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ވެސް ލިބޭނެގޮތަށް, ހަމަ އެހެންމެ ހަޅުތާލުކުރުމާއި މި ނޫންވެސް ކަންކަން ކުރުމަށް ފުރުސަތު ފުޅާ ދާއިރާއެއްގައި ލިބޭގޮތަށް ގެނެސްފައިވާ އިސްލާހުތަކެއް ކަމަށް މެމްބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅާފައެވެ. އެ ޤާނޫނު އުވާލުމުގެ ބިލް ކޮމިޓީގައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ބިލް ދިރާސާކުރުމަށްފަހު ކޮމިޓީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

Advertisement - newsAdvertisement

އެގޮތުން ކޮމިޓީން ބިލަށް ގެނައި އިސްލާހުގައިވަނީ ކުއްލި އެއްވުމެއްކަމުގައި ބެލެވެނީ ދިމާވާ ކުއްލި ކަމަކާއި ގުޅިގެން އެކަމެއް ހިނގި ވަގުތުން ފެށިގެން 48 ގަޑިއިރު ފާއިތުނުވަނީސް ބާއްވާ އެއްވުމަށް ކަމަށެވެ. އަދި އެގޮތުން އެއްވުން ބޭއްވެވޭނެ ގޮތްތަކެއް ވަނީ ބަޔާންކޮށްފައެވެ.

ޓޫރިސްޓް ރިސޯޓްތަކުގެ ތެރެއިން އެ ރިސޯޓެއްގެ ވަޒީފާ އަދާކުރާ މުވައްޒަފުން ތިބުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކާއި ވިޔަފާރި ބަނދަރުތަކާއި ވައިގެ ބަނދަރުތަކުގައި އެއްވުމަށް ފުލުހުންގެ ހުއްދަ ހޯދަންޖެހެއެވެ.

އޭގެ އިތުރުން، އެއްވެ އުޅުމުގެ ޤާނޫނަށް ނިމިދިޔަ ސަރުކާރުން ގެނެސްފައިވާ އިސްލާޙުގައިވާ ގޮތުން އެއްވުންތައް ބޭއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ނެގުން ލާޒިމުވި ނަމަވެސް، މިހާރު އެ މާއްދާ އެއްކޮށް އުނި ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއާއެކު، އެއްވެ އުޅެވޭނީ ފުލުހުންގެ ހުއްދަ ލިބޭ ތަންތަނަށް ކަމަށް ބަޔާންކޮށް އެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

މި އިސްލާޙުތަކާއެކު ކޮމިޓީން ފާސްކުރި އަނެއް ކަމަކީ، ޤައުމުގެ ސަލާމަތައްޓަކައި އެއްވެ އުޅުން މަނާ ސަރަޙައްދުތަކެއްވެސް ކަނޑައެޅުމެވެ. އޭގެ ތެރޭގައި ދައުލަތުން ޚިދުމަތް ފޯރުކޮށްދޭ އިމާރަތްތައް ހުންނަ ސަރަޙައްދުތަކާއި، ޖަލު ފަދަ ތަންތަން ހިމެނެއެވެ.

މި ބިލްގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ބިލް ދިރާސާކުރި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ މިމައްސަލައަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކޮމިޓީން ދިރާސާކުރުމަށްފަހު ގޮތެއް ނިންމާފައިވާ މައްސަލައެއްކަމަށެވެ.

އެގޮތުން ކޮމެޓީން އެންމެ އިސްކަމެއްދިނީ ވީހާވެސް ފުޅާކޮށް ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައި އޮތް އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް އޭގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފޭނެ ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށްގެން އެކަން ކުރުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު އާންމު ރައްޔިތުންގެ ހިޔާލު މިކަމުގައި ހޯދުނުއިރު ބިލް ހުށަހެޅުއްވި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވަނީ ބިލް އެއްކޮށް އުވާލަންކަމަށްވިޔަސް އާންމުންނަށް ހުޅުވާލި ހުޅުވާލުމާއި އަދި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުންވެސް ބުރަވީ މިހާރު އޮތްގޮތަށް އެ އިސްލާހުތައް ގެނައުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ރިޕޯޓަށް ބަހުސްކުރައްވަމުން ބިލް ހުށަހެޅުއްވި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވިދާޅުވީ ޒަމާނުއްސުރެވެސް ރާއްޖޭގައި އޮތީ ރައްޔިތުން ފިއްތައިގެން ގެންގުޅުމުގެ ގޮތްތަކެއް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ވާހަކައެއް ދެއްކުންވެސް މަނާކުރާ ހިސާބަށް ކަންކަން ގޮސްފައި އޮތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

މި ރިޕޯޓަށް ބަހުސްކުރައްވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ ވިދާޅުވީ އެއްވެއުޅުމަކީ ޤާނޫނު އަސާސީން ވަރަށް ބޮޑަށް ދީފައިވާ ހައްގެއްކަމަށާއި އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައިވެސް އެހައްގުގެ ބޭނުން ވަރަށް ބޮޑަށް ހިފާފައިވާ ކަމަށެވެ. އެހެންނަމަވެސް ހަމަމިއާއެކު ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ޤާނޫނު އަސާސީން ލިބޭ އަސާސީ ހައްގުތައް ހިފެހެއްޓޭނެ މިންވަރަކީ އެހެން މުޖުތަމައުތަކުގައިވެސް އެހައްގުތައް ހިފަހައްޓާފައި ހުންނަ މިންވަރަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ މާނައަކީ އެއްކޮށް އެހައްގު ހިފެހެއްޓުން ނޫންކަމަށާއި އެހައްގުގެ ބޭނުންކުރާއިރު ދެން ހުންނަ ކަންކަމަށް ހުރަސްނޭޅޭނެގޮތަށް މިހާރު ބިލްގައި ކަންތައްތަކެއް ކަނޑައަޅާފައިވާނެކަމަށް އީސަ ވިދާޅުވިއެވެ. ހަމައެހެންމެ މަސައްކަތްތެރިންނަށްވެސް ހަޅުތާލުކުރުމުގެ ހައްގު މި ބިލުން ލިބިގެންދާކަމަށް އީސަ ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ނިންމާފައިވާއިރު މި ރިޕޯޓަށް ބުދަ ދުވަހުގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ.

އެއްވެއުޅުމުގައި މިހާރު އަމަލުކުރަމުންދަނީ 2016 ވަނަ އަހަރު އެ ޤާނޫނަށް ގެނެވުނު އިސްލާހާއެއްގޮތަށެވެ. އެ އިސްލާހުގައިވަނީ މާލޭގައި މުޒާހަރާ ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ދީފައެވެ. ފުލުހުންގެ ހުއްދަ ކުރީބައިގައި ހޯދައިގެން ފުލުހުން ހުއްދަދޭ ވަކިތަނެއްގައި ނޫނީ އެއްވެ ނޫޅެވޭ ގޮތަށް އެ ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސަރުކާރުން މިހާރު ހަމަޖައްސާފައިވަނީ ސުލްހަވެރި އިހުތިހާޖެއް ނުވަތަ އެއްވުމެއް ބޭއްވުމަށްޓަކައި ފުލުހުންގެ ހުއްދައަށް އެދުމަށެވެ. އަދި ކޮވިޑްގެ ހާލަތު ނެތިގެންދިޔުމުން ފުލުހުންގެ ހުއްދައަށް އެދެން ނުޖެހޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު