Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނޭޝަނަލް ޑްރަގް އޭޖެންސީ

ރިޕޯޓް: މަސްތުވާތަކެތީގެ އެކި ފަރުވާތަކަށް ޙުކުމްކޮށް، ފަރުވާ ނުފެށި ކިއޫގައި 880 އަށް ވުރެ ގިނަ މީހުން!

މަދަނީ ޖަމިއްޔާތަކުގެ 9 ހުށައެޅުމެއް ދާދި ފަހުންވެސް ވަނީ ކޮމިޓީއަށް ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2020 | ހޯމަ 11:34
ސޯޝަލް މީޑިއާގައި ދަނީ ޒުވާނަކަށް އަނިޔާކުރަމުންދާ ވީޑިއޯ ދައުރުވަމުން

ސޯޝަލް މީޑިއާގައި ދަނީ ޒުވާނަކަށް އަނިޔާކުރަމުންދާ ވީޑިއޯ ދައުރުވަމުން

ދާދި ފަހުން މީސް މީޑިއާގައި ވައިރަލްވި ވީޑިއޯއަކަށް ގިނަ ބައެއް ސަމާލުކަން ހުއްޓިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބެލެވޭ ގޮތުގައި އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ ޒުވާނަކަށް މަސް ދޯންޏެއްގެ ތެރޭގައި ތިބި ބަޔަކު ރަޙުމު ކުޑަކޮށް އަނިޔާކުރާ މަންޒަރާއެކު އާންމުންގެ ޙިޔާލުތައްވެސް ބަންޑުންކޮށްލިއެވެ. ބުނަމުން ދިޔައީ، މަސްތުވާތަކެތީގެ ވަބާއަށް ވެފައިވާ މީހުން ވައްކަން ފަދަ ކުށްތަަކަށް އަރައިގަތުމުން ލިބެންޖެހޭ ޙައްޤު އަދަބަކީ އެއީ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދިޔައީ ރައްޔިތުން ޤާނޫނު ތަންފީޒު ކުރާ ހިސާބަށް ޤައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށެވެ. ހަމަ އެއާއެކު އަނެއް ބަޔަކު ބުނަމުން ދިޔައީ ޤައުމުގައި މަސްތުވާތަކެތީގެ މައްސަލަތައް މޫލައި، އެ މޫތަކުގެ ވަބާ މުޅި ޤައުމަށް ފެތުރިގެން ދިއުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ދޯހަޅިކަންވެސް ބޮޑު ދައުރެއް އަދާ ކުރާ ކަމަށެވެ.

ކޮންމެއަކަސް، ޙަޤީޤަތަކީ ކޮންމެ އަހަރަކުވެސް އެތައް ބަޔަކަށް ފަރުވާއަށް ޙުކުމް ކުރާއިރު، ފަރުވާގެ ކަންކަން ބަލަހައްޓައި އިންތިޒާމުކުރުމުގެ ޒިންމާ ޙަވާލުވެފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް އާންމުން ކުރާ އިތުބާރު އެތައް ގުނައަކަށް ގެއްލިފައިވާ ކަމެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ކަމާ ގުޅުންހުރި މަދަނީ ޖަމިއްޔާތަކާއި އާންމުން ދައްކާ ވާހަކަތަކުންވެސް އެނގި ސާފުވެގެން ދެއެވެ. ކަންމަތީ ފިހާރައަކަށް ވުރެ އެންޑީއޭގެ ހިންގުން ދަށްކަމަށް ބުނެ، މަދަނީ ޖަމިއްޔާތަކުގެ 9 ހުށައެޅުމެއް ދާދި ފަހުންވެސް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށައަޅާފައެވެ.

އެންޑީއޭއާ ގުޅިގެން ހުށައަޅާފައިވާ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ފަރުވާއަށް ބޭނުންވާ ބޭސް ހުސްވުމާއި، ބޭސް ޤަވާއިދުން ނުލިބޭ މައްސަލައާއި، ހިންމަފުށީގައި ޤާއިމު ކޮށްފައިވާ ރިހެބް ސެންޓަރ މަރާމާތު ކުރުމަށް ކުރާ ޚަރަދާ ނުބައްދަލު މައްސަލައާއި، ޤާނޫނުގެ ދަށުން ލާޒިމު ކޮށްފައިވާ ރިމާންޑް ސެންޓަރުތަކުން ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ހިމެނެއެވެ.

އޭގެ އިތުރުން، އަންހެނުންނަށް ޑިޓޮކްސް އަދި ރިހެބިލިޓޭޝަން ސެންޓަރުން ލިބެންޖެހޭ އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލައާއި، އަތޮޅު ތެރޭގައި ޤާއިމު ކޮށްފައިވާ ޑިޓޮކްސް ސެންޓަރުތަކުން ދާއިމީ ގޮތެއްގައި ޚިދުމަތް ނުލިބޭ މައްސަލައިގެ އިތުރުން، ފަރުވާގެ ތެރެއިން ޑިޓޮކްސް ސެންޓަރަށް ބޭނުންވާ ބޭސް ނުލިބޭ މައްސަލަވެސް ކޮމިޓީއަށް ހުށައެޅިފައިވެއެވެ.

ރާއްޖޭގައި މި ވަބާ އެތައް ގުނައަކަށް ބޮޑުވެ، ބޭނުންކުރާ ބާވަތްތަކާއި މިންވަރަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މިހާރު ރާއްޖޭގައި ޤާއިމުވެފައި ހުރި ސެންޓަރުތަކުން ލިބެނީ ޒަމާނީ ފަރުވާއެއް ނޫން ކަމުގެ ޝަކުވާ ވެސް ލިބެމުންދާކަން މަޖިލީހުގެ މެމްބަރުންނާއި، ކަމާ ގުޅުންހުރި އެންޖީއޯތަކުންވެސް ފާހަގަ ކުރެއެވެ.

އޭގެ އިތުރުން، އެންޑީއޭއަކީ އިދާރީ ގޮތުން ބޮއްސުންލާފައި އޮތް ތަނެއްކަން ފާހަގަކޮށް މަދަނީ ޖަމިއްޔާތަކުން ބުނީ، މިއަދުން މިއަދަށް ވެސް ތަނުގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފަންނީ ބޭފުޅުން މަޤާމަށް އައްޔަނު ކުރަން ޖެހޭ ކަމަށެވެ. އަދި ރެކޯޑް ބެލެހެއްޓުމަށް އެކަނި ބަލާލި ނަމަވެސް، އާދައިގެ ފިހާރައެއްގައި އެ ނިޒާމު ބެލެހެއްޓޭ ވަރަށްވުރެ ވެސް އެންޑީއޭގެ ޙާލަތު ގޯސްކަން މަދަނީ ޖަމިއްޔާތަކުން ފާހަގަ ކޮށްފައިވެއެވެ.

މި ދެންނެވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން ހަމަ މަގަށް އަޅުވައި، އެކަށީގެންވާ ފަރުވާގެ ނިޒާމެއް ޤާއިމު ކުރުމުގެ ޤާނޫނީ ޒިންމާ މަތި ކޮށްފައިވާ މުއައްސަސާގެ ޙާލަތު ހުރި ގޮތެވެ. ކޮންމެ އަހަރަކުވެސް ފަރުވާއަށް ޙުކުމްކޮށް ކިއޫގައި އެތައް މީހުންނެއް ތިބޭއިރު، އެކަށީގެންވާ ރިމާންޑް ސެންޓަރުތަކެއް ނެތުމުގެ ސަބަބުން އެމީހުން ތިބެނީ މުޖުތަމައުގެ ތެރެއަށް ދޫވެފައެވެ. އެހިސާބުން އިތުރު ކުށްތަކަށް އަރައިގަންނަ މިންވަރުވެސް އިތުރުވެ، ފެންމަތިވެގެން އަންނަނީ އިޖުތިމާއީ ބޮޑެތި މައްސަލަތަކެކެވެ. ވީޑިއޯއިން ފެނުނު މަންޒަރު ފަދަ އެތައް ކަމެއް ތަކުރާރުވުމުގެ ސަބަބަކަށް އެކަންތައް ވެގެންދެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިހާރުވެސް އެކި ކަހަލަ ފަރުވާއަށް ޙުކުމްކޮށް ފަރުވާ ނުފެށި 889 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒަކަށް ގެންގޮސް (ރެސިޑެންޝަލް) ފަރުވާ ދޭން ޖެހޭ 602 މީހަކާއި، ކޮމިޓީ ފަރުވާއަށް ޙުކުމް ކޮށްފައިވާ 223 މީހެއްގެ އިތުރުން، އިންޑިވިޖުއަލް ( 3 މަހުގެ) ފަރުވާއަށް ޙުކުމް ކޮށްފައިވާ 64 މީހެއް ހިމެނެއެވެ. މިއީ ހައްތަހާވެސް ފަރުވާއަށް ޙުކުމްކޮށް، ފަރުވާ ނުފެށި ކިއޫގައި ތިބި މީހުންނެވެ.

2019 ވަނަ އަހަރު ފެށުނު އިރުވެސް ފަރުވާއަށް ޙުކުމްކޮށް ފަރުވާ ނުފެށި 1874 މީހުން ތިއްބެވެ. އެކަމާ ގުޅޭގޮތުން އޭރު ޑްރަގް ކޯޓުން ބުނީ، އެކަން ހައްލު ކުރަން ކުރެވޭނެ ކަމަކީ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ. އެއީ ތަނުގެ ގޮތުން އަދި ވަސީލަތްތަކުގެ ގޮތުންކަން ފާހަގަކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވީ، ދެން ފަރުވާ ދިގުދެމިގެންދަނީ އެކަށޭނަ ވަސީލަތްތައް ހަމަޖެހިފައި ނެތުމުގެ ސަބަބުން ކަމަށެވެ.

މިހާރު އޮންނަ އުސޫލަކީ ޖާގަ ނުލިބިގެން ފަރުވާ ލަސްވާނަމަ ޝަރުތުތަކެއް ކޮށްފައި މުޖުތަމައަށް ދޫކޮށްލުމެވެ. އެކި ސަބަބުތަކާހުރެ ފަރުވާ ލަސްވި ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާދޭންޖެހޭ މީހުން އެ ލަސްވާ މުއްދަތުގައި ބައިތިއްބަން އެކަށީގެންވާ ރިމާންޑް ސެންޓަރުތަކެއް ޤާއިމުކުރަން ޖެހޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބުނެއެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް އެކަށީގެންވާ ރިމާންޑް ސެންޓަރެއްވެސް ޤާއިމުކުރެވިފައި ނެތެވެ.

އެހެން ނަމަވެސް، ރިމާންޑް ސެންޓަރެއް ޤާއިމު ކުރުމަށް ބަޖެޓް ކުރެވި، ނޮވެމްބަރު މަސް ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ފަރުވާގެ ނިޒާމާއި، އިދާރާގެ ކަންކަމުގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެކަންކަން ޙައްލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އޭގެ އިތުރުން ކުޑަކުދިންގެ ސެންޓަރެއް ޤާއިމު ކުރުމަށް އަންނަ އަހަރަށް ބަޖެޓް ލިބިފައިވާ ކަން މިނިސްޓްރީން ފާހަގަ ކުރިއެވެ.

ވީއިރު، އެފަދަ މީހުންނަށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި މުޖުތަމައުންވެސް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭން އެބަޖެހެއެވެ. މި މައްސަލައަކީ ޤައުމުގައި ވަކި ހިއްޕާފައިވާ ބޮޑު މައްސަަލައެކެވެ. އެތައް އަހަރެއް ވެގެން ދިޔައިރުވެސް ޙައްލު ނުކުރެވި އޮތް މައްސަލައެކެވެ. އެ ވަބާގައި ޖެހި އިތުރު ކުށްތަކަށް އަރައިގަންނަ މީހާ ގަންހިންގުވައި އަނިޔާ ކުރުމަކުން މައްސަލައަށް އެއްވެސް ޙައްލެއް ނާންނާނެއެވެ. އޭގެ ބަދަލުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާނުކޮށްގެން އަޑުއުފުލުންވެސް މާ ބުއްދިވެރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީއެންގެ ރިޕޯޓް: ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން ތިބި ފަރާތްތަކަށް ލިބުނު ފުރުސަތެއް!

އެމްޑީއެންގެ ރިޕޯޓް: ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން ތިބި ފަރާތްތަކަށް ލިބުނު ފުރުސަތެއް!

20 އޮކްޓޯބަރު 2019
ތަހުޤީޤް ރިޕޯޓް އާންމުކުރުމަކީ ގޯހެއް!

ތަހުޤީޤް ރިޕޯޓް އާންމުކުރުމަކީ ގޯހެއް!

08 ސެޕްޓެމްބަރު 2019
އަލާދީން، ލަޔަން ކިންގ، ލިޓްލް މަރމެޑް: ހޮލީވުޑްގައި އެކި ނަސްލުގެ ތަރިންނަށް ފުރުސަތު ލިބި، ވިދަނީ!

އަލާދީން، ލަޔަން ކިންގ، ލިޓްލް މަރމެޑް: ހޮލީވުޑްގައި އެކި ނަސްލުގެ ތަރިންނަށް ފުރުސަތު ލިބި، ވިދަނީ!

08 ޖުލައި 2019
ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

20 އެޕްރީލު 2019
ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް

ރާއްޖެ އިސްލާމްވި ދުވަސް: ރާއްޖެ އިސްލާމި ގޮތްކަމަށް އެކި މީހުން ކިޔައި އުޅެނީ އެކި ގޮތަށް

09 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު