Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ހާލަންޑުގެ ހަތަރު ލަނޑާއެކު ޑޯޓްމުންޑަށް ފަސޭހަ މޮޅެއް

ހާތާ ބާލިން އަތުން ޑޯޓްމުންޑް މޮޅުވީ 5-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ނޮވެމްބަރު 2020 | އާދީއްތަ 06:38
ހާތާ ބާލިން އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ހާތާ ބާލިން އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކާމިޔާބުކުރި ހަތަރު ލަނޑާއެކު ހާތާ ބާލިން އަތުން ފަސޭހަކަމާއެކު ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ޑޯޓްމުންޑް މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ހާތާ ބާލިނުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މަތިއަސް ކޫނިއާއެވެ. އެކަމަކު ދެވަނަ ހާފުގެ 15 މިނެޓު ތެރޭ ހެޓްރިކެއް ހަދައި ހާލަންޑް ވަނީ ޑޯޓްމުންޑް ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އޭނާ ލަނޑުތައް ޖެހީ 47، 49 އަދި 62 ވަނަ މިނެޓުގައެވެ.

އަދި މެޗުގެ 70 ވަނަ މިނެޓުގައި ރަފައެލް ގަރޭރޯ ޑޯޓްމުންޑުގެ ހަތަރުވަނަ ލަނޑު ޖެހިއިރު، އޭގެ ނުވަ މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ކޫނިއާ ވަނީ ހާތާ ބާލިންގެ ދެވަނަ ލަނޑު ޖަހާފައެވެ. އެކަމަކު އޭގެ ސިކުންތުކޮޅެއް ފަހުން ހާލަންޑް ވަނީ ޑޯޓްމުންޑުގެ ފަސްވަނަ ލަނޑު ޖަހާފައެވެ.

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް ފަސޭހަކަމާއެކު މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ވަނީ އަމިއްލަ ދަނޑުގައި ވާޑާ ބްރެމެންއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވާޑާ ބްރެމެނުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަކްސިމިލިއަން އެގެސްޓެއިންނެވެ. އެކަމަކު މެޗުގެ 62 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ވަނީ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗަކީ ބަޔާނުގެ ގޯލްކީޕަރު މެނުއެލް ނޯޔާ އެ ޓީމަށް ކުޅެދިން 400 ވަނަ މެޗެވެ. އަދި މި މެޗުގައި އޭނާ ވަނީ ބަޔާން ބަލިނުވެ ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ނަތީޖާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު އަށް މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވާދަވެރި ޑޯޓްމުންޑާއި ތިންވަނައިގައި އޮތް ބަޔާ ލެވަކޫސެނަށް އަށް މެޗުން ވަނީ 18 ޕޮއިންޓް ލިބިފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު